ޏ. ފުވައްމުލަކު ، ހޯދަނޑު ފޮނިމާގެ މުޙައްމަދު ސަޢީދާ އާއި ފަތުމަތު ދީދީގެ ދަރިފުޅު 17 އަހަރުގެ ސަޢީދާ މުޙައްމަދު ސަޢީދުއަކި ލޭގެ ކެންސަރުގެ ބަލި ކުއްޖެކެވެ. ސަޢީދާގެ ބައްޔާއި ގުޅޭ މަޢުލޫމާތު ދެއްވަމުން މުޙައްމަދު ސަޢީދު (ބަލި ކުއްޖާގެ ބައްޕަ) ވިދާޅުވީ ލޭގެ ކެންސަރު ހުރިކަން އިގުނުތާ އަދި މިވީ 1 އަހަރު ކަމަށެވެ.
ސަޢީދު ވިދާޅުވީ ފުރަތަމަ ވާންފެށި ގޮތަކީ ދަރިފުޅު މާބޮޑަށް ވަރުބަލި ވެ ތެދުވާހާ ވަރުގައިގަ ނެތިގެން ރަށުގެ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓުތަކެއް ހެދުމަށް ފަހު ފަހުން ނަތީޖާ ބަލައި އައުމަށް ބުނެ ފޮނިވާލީ ކަމަށެވެ. ހަމަ އެދުވަހު ހޮސްޕިޓަލުން ގުޅާފައި ވަރަށް އަވަހަށް އައުމަށް އެދުނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓު ކޮށް ގަޔަށް 4 ޕޮއިންޓު ލޭ އެޅިއެވެ. އަތަނުގެ ޑޮކުޓަރުން ސަޢީދުއަށް ލަފާއެރުވީ އަވަހަށް އައްޑޫއަށް ގޮސް ދެއްކުމަށެވެ. އެއިރުވެސް ސަޢީދާގެ ކެންސަރު ހުރިމަކެއް ވިދާޅެއް ނުވެއެވެ. ސަޢީދު ދަރިފުޅު ގޮވައިގެން އައްޑޫއަށް ގޮސް އެތަނުގެ ހޮސްޕިޓަލަށް ދެއްކުމުން ވެސް އެޑްމިޓުކޮށް ގަޔައަށް 5 ޕޮއިންޓް ލޭއަޅާފަ އަވަހަށް މާލެ ދިއުމަށް ލަފާއެރުވިއެވެ.
މަލޭ އައިސް އޭޑީކޭ ހޮސްޕިޓަލްއަށް ދެއްކުމުން ރާއްޖޭއިން ބޭރަށް ދިއުމަށް ޑޮކުޓަރުން އެދުނެވެ. ސަޢީދު ހަދާނެ ގޮތް ހުސްވެ އާއިލާއާއި ގާތް ރަޙްމަތެރިން ނާއި އާސަންދާގެ އެހީ ގައި ފުރައިގެން ލަންކާއަށް ދިޔައެވެ. އަދި ލަންކާއިން ޓެސްޓު ކުރުމަށް ފަހު ބަޔަކީ ލޭގެ ކެންސަރު ކަމަށާއި މިކަމަށް އެންމެ ރަނގަޅު ވާނީ އިންޑިޔާ ކަމުގައި ބުނުމުން ދަރިފުޅު ގޮވައިންގެން މާލެ އައިއެވެ. މާލޭގައި ހުރިހުރުމުގައި ސަޢީދު ފައިސާ ހޯދުމަތްޓަކައި ނުހަނު ގިނަ މަސައްކަތް ތަކެއް ކުރިކަމަށް އޭނާ ވިދާޅުވިއެވެ. ސަޢީދު ވިދާޅުވީ މާލޭ ގިނަ ވިޔަފާރިވެރިން ނާއި މުސައްދިން ކައިރިން އެހީ އަށް އެދުމުކަމަށެވެ. އެގޮތުން އާއިލާއިންނާއި ގާތްއެކުވެރިންނާއި އެކި އެކި ހޮޔޮއެދޭ ފަރާތްތަކުގެ އެހީގައި އިންޑިޔާއަށް ގޮސް މިހާރު ވަނީ ކެންސަރަށް ފަރުވާ ފެށިފަކަމަށެވެ. އެގޮތުން މިހާތަނަށް ދިވެހި ރުފިޔާގެ 4 ލައްކަ ޙަރުދެވެފައި ވާއިރު އަދި މިހާރު ވެސް ކީމޯދިނުމަށްޓަކައި ދާނެ ފައިސާ ނެތިގެން މިވަގުތު ދަރިފުޅު ހުރީ ރަށުގައިކަމަށް ވެސް ވިދާޅުވިއެވެ.
މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބޭ އެހީތެރިކަމާއި އޯގާތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
ސަޢީދާގެ، އެ އާއިލާއަށްޓަކައި ހަމަ ކޮންމެ ބޭފުޅަކުވެސް ޤުރުބާނީއެއް ވެލައްވާށެވެ. ސަޢީދާ ފަރުވާއަށްޓަކައި ތިބާގެ އަތުން ދިއްކޮށްލާ އެންމެ ރުފިޔާއަކީ ވެސް މިއަދު އެ ޢާއިލާއަށް ރަނަށްވުރެވެސް އަގު ބޮޑު އެއްޗެކެވެ.
ލަސް ނުކުރައްވާ ސަޢީދާއަށް އެހީތެރިކަން ފޯރުކޮށްދެއްވާށެވެ. ﷲ ގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާއަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތް ﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެ އެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަނދާން ނައްތާނުލާށެވެ.
އިތުރު މައުލޫމާތު ބޭނުން ނަމަ ސަޢީދާގެ ބައްޕަ މުޙައްމަދު ސަޢީދު 7720847 މިނަންބަރުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތްތުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން މުޙައްމަދު ސަޢީދު ޏ. ފުވައްމުލަކު / ހޯދަނޑު ފޮނިމާގެ ބޭންކު އޮފް މޯލްޑިވުސްގެ ޏ. ފުވައްމުލަކު ބްރާންޗުގެ ރުފިޔާ އެކައުންޓް 101 430198 7711 ޖަމާއުކޮށް ދެއްވުމަކީ އައިލާގެ ވަރަށް ބޮޑުއެދުމެކެވެ. .
ސަޢީދާ މުޙައްމަދު ސަޢީދުގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*

















advertisment
ޚިޔާލު