ރާއްޖޭގެ ޚަބަރު

އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަށް ކުށްވެރިކުރަން: އެމްޕިބިއޭ

އެމްޕިބިއޭ އިފްތިތާޙް ކުރުމުގެ ހަފްލާގެ ތެރެއިން އެޖަމިއްޔާގެ ރައީސް ފަލަސްތީން އެމްބެސެޑަރ އާއި ސަލާމް ކުރަނީ | ދިއިސްލާމް ފޮޓޯ: އަޝްވާގު / އަހްސަން

އެމްޕިބިއޭ އިފްތިތާޙް ކުރުމުގެ ހަފްލާގެ ތެރެއިން އެޖަމިއްޔާގެ ރައީސް ފަލަސްތީން އެމްބެސެޑަރ އާއި ސަލާމް ކުރަނީ | ދިއިސްލާމް ފޮޓޯ: އަޝްވާގު 

ފަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެ އެބިން އަޅުވެތިކޮށްގެންތިބެ އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ޖަރީމާތަށް ކުށްވެރިކޮށް މޯލްޑިވްސް ޕެލަސްޓައިން ބްރަދަރހުޑް އެސޯސިއޭޝަނުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

މިރޭ އެޖަމިއްޔާގެ ރައީސް ޝެއިޚް މުހައްމަދު ތައްޔިބް ސޮއި ކުރައްވާ ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ "އިސްރާއީލުގެ ޙަމަލާ ތަކުގެ ތެރެއިން ޣައްޒާގެ ލޮބުވެތި މުސްލިމް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މެދުކެނޑުމެއްނެތި މިހާރު ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކާއި ލާއިންސާނީ ޢަމަލުތައް އެ ޖަމްޢިއްޔާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި، މިފަދަ ކޮންމެ ހިތާމަވެރި ދަނޑިވަޅަކީ އިސްލާމީ އުއްމަތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފަލަސްޠީނުގެ ލޮބުވެތި މުސްލިމް ރައްޔިތުންނަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއް"ކަމަށް މި ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.

"މި ދަނޑިވަޅަކީ ދިވެހި ރާއްޖޭގެ މީޑިއާތަކުންވެސް މި މައްސަލައިގެ ޞައްޙަ ޚަބަރު ދިވެހި ލޮބުވެތި ރައްޔިތުންނާ ހަމައަށް ގެނެސްދޭންވީ ވަގުތު ކަމަށާއި، ހުޅަނގުގެ ބައެއް މީޑިއާތަކުން މިޚަބަރު ގެނައުމުގައި އިސްރާއީލް ދިފާޢުކޮށް އެބައިމީހުންގެ ކުށެއްނެތްކަން ހާމަކުރުމަށް ދައްކަމުންދާ މަންޒަރު ދިވެހި ބައެއް މީޑިއާތަކުން ފެންނަމުންދާކަން އެ ޖަމިޢްޔާޔަށް ހިތާމަޔާއެކު ފާހަގަކުރައްވަވާ ކަމަށާއި، ރާއްޖޭގެ މީޑިއާތަކުން މިޚަބަރުތަށް ގެނެސްދިނުމުގައި އަމާނާތްތެރިވުމަށް" އެ ޖަމިއްޔާގެ ނޫސްބަޔާނުގައި ވަނީ ގޮވާ ލައްވާފައެވެ.

މި ނޫސްބަޔާން ނިންމާލައްވާފައިވަނީ "މާތް ﷲ ގެ ޙަޟަރަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ދުޢާ ކުރުމަށް" އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައި ގަންނަވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *