ދުނިޔެ އަހަރަމެން ހައިރާންވާންޖެހޭހާ ގިނަ އަދަދެއްގެ މީހުންގެ ގަޔަށް ބަޑިޖެހިން، އެކަމަކު އަހަރެންނަށް އެނގިގެން އެއްވެސް މީހަކީ ބިރެއް ކަމަކަށް ސާބިތުވެފައެއް ނުވޭ: މެކް ކްރިސްޓަލް

އަހަރަމެން ހައިރާންވާންޖެހޭހާ ގިނަ އަދަދެއްގެ މީހުންގެ ގަޔަށް ބަޑިޖެހިން، އެކަމަކު އަހަރެންނަށް އެނގިގެން އެއްވެސް މީހަކީ ބިރެއް ކަމަކަށް ސާބިތުވެފައެއް ނުވޭ: މެކް ކްރިސްޓަލް

އަހަރަމެން ހައިރާންވާންޖެހޭހާ ގިނަ އަދަދެއްގެ މީހުންގެ ގަޔަށް ބަޑިޖެހިން، އެކަމަކު އަހަރެންނަށް އެނގިގެން އެއްވެސް މީހަކީ ބިރެއް ކަމަކަށް ސާބިތުވެފައެއް ނުވޭ: މެކް ކްރިސްޓަލް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އަހަރަމެން ހައިރާންވާންޖެހޭހާ ގިނަ އަދަދެއްގެ މީހުން ގަޔަށް ބަޑިޖެހިން، އެކަމަކު  އަހަރެންނަށް އެނގިގެން އެއްވެސް މީހަކީ ބިރެއް ކަމަކަށް ސާބިތުވެފައެއް ނުވޭ" އަފްގާނިސްތާނުގެ އެމެރިކާއާއި ނޭޓޯގެ ސީނިއަރ ކޮމާންޑަރ މެކް ކްރިސްޓަލް ބުނެފައިވެއެވެ.

މި ދިޔަ އަހަރު އެމެރިކާއާއި ނޭޓޯގެ ސީނިއަރ ކޮމާންޑަރ ގެ މަގާމް ލިބުނު މެކް ކްރިސްޓަލް މިހެން ބުނެފައިވަނީ އާންމުންނަށް ގެއްލުން ލިބުމާ ބެހޭގޮތުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައެވެ. މީގެ އިތުރުން އެމެރިކާ އަދި ނޭޓޯގެ ފައުޖުތަކުން އަސްކަރީ ޗެކްޕޮއިންޓުތަކުންނާއި ދަތުރުކުރަމުންދާ އުޅަނދުތަކަށް ހަމަލާދީ އަފްގާންގެ 30 މީހުން މަރާލައި 80 މީހުން ޒަހަމްކޮށްލައިފައިވާކަމަށާއި ނަމަވެސް އަނިޔާ ލިބުނު މީހުންގެތެރެއިން، އެއްފަހަރުވެސް ބިރެއް ނުވަތަ ހަނގުރާމަވެރިއެއްކަމަށް އެއްވެސް މީހަކު ސާބިތުވެފައިނުވާކަމަށް ކަބުލް ގެ އަސްކަރީ އޮފިޝަލުންވެސް ވަނީ ހާމަކޮށްފައެވެ.

މައުސޫމުން މެރުން މަދުކުރުމަށް ކަމަށް ދައުވާކޮށް މެކް ކްރިސްޓަލް އައު ޤަވާއިދުތަކެއް ހަދައިފައި ވީނަމަވެސް މިގޮތަށް ބަޑިން ހަމަލާ ދިނުން މަދުވެފައެއްނުވެއެވެ. އެހެންނަމަވެސް ވައިގެ ހަމަލާތަކުގައި މަރުވާ މީހުންނާއި، ސްޕެޝަލް ފޯރސްގެ އޮޕަރޭޝަންތަކުގައި މަރުވާ މީހުންނަށްވުރެ މިފަދައިން ހަމަލާ ދެވިގެން މަރާލެވޭ މީހުން މަދުކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.