ދުނިޔެ ޙަމާސްގެ އިސް ލީޑަރަކު އަވަހާރަކޮށްލުމާ ގުޅިގެން އިޒްރާއީލަށް ރައްދު ޙަމަލާތަކެއް

ޙަމާސްގެ އިސް ލީޑަރަކު އަވަހާރަކޮށްލުމާ ގުޅިގެން އިޒްރާއީލަށް ރައްދު ޙަމަލާތަކެއް

ޙަމާސްގެ އިސް ލީޑަރަކު އަވަހާރަކޮށްލުމާ ގުޅިގެން އިޒްރާއީލަށް ރައްދު ޙަމަލާތަކެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ބުދަ ދުވަހު އިޒްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދިން ވައިގެ ޙަމަލާތަކުގައި ޙަމާސްގެ އަސްކަރީ ގޮފީގެ ކޮމާންޑަރ އަހްމަދު ޖަބަރީ އާއި ކުށެއް ނެތް އިތުރު 11 މީހަކު ޝަހީދުކޮށްލާފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސްއިން ރައްދު ހަމަލާތަކެއް ދީފިއެވެ. ޙަމާސްގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރާއީލުން ނުޙައްޤުން އަތުލައިގެންފައިވާ ސަރަޙައްދެއްގައި އާބާދުކޮށްފައިވާ އެޕާރޓްމެންޓަކަށެވެ. މި ރައްދު ހަމަލާގައި އިޒްރާއީލުގެ 3 މީހަކު މަރުވެފައިވާކަމަށް އިޒްރާއީލުގެ ފުލުހުންގެ އިސްތަރުޖަމާނު މިކީ ރޮސެންފެލްޑް ވިދާޅުވެފައިވެއެވެ.

އިޒްރާއީލުން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ މަދަނީން ދިރިއުޅޭ ސަރަޙައްދުތަކަށް ޙަމަލާދެމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ޙަމަލާގައި ޝަހީދުވި 11 މީހުންގެ ތެރޭގައި ކުށެއް ނެތް 2 ކުޑަކުދިންވެސް ޝަހީދުކޮށްލާފައިވެއެވެ. ނަމަވެސް އިޒްރާއީލުން ބުނަމުން ދަނީ އެމީހުން ޙަމަލާދީފައިވަނީ ހަނގުރާމަވެރިންނަށްކަމަށެވެ.

އެމެރިކާއާއި އދ ގެ އިސް ފަރާތްތަކުން މިކަމާ ގުޅިގެން ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު، ބަސްމަގު ބައްޓަން ކޮށްފައިވަނީ އިޒްރާއީލަށް ހަމްދަރުދީވާ ބީދާއިން ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި އދ ގެ ޖެނެރަލް ސެކްރެޓަރީ ބަންކީ މޫން ވަނީ އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގެ ކުރިން އިޒްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވާ މިހާރުގެ ޙާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އދ އަދި އެމެރިކާގެ ބަސްމަގު ހުރީ ޙަމާސްގެ ރައްދު ޙަމަލާތަކުން އިޒްރާއީލް ދިފާޢުވާން ޖެހޭނެކަމަށް ބާރު ލިބޭ ޢިބާރާތްތަކުންނެވެ. ފަލަސްޠީނުގެ ބިންތަކަށް އިޒްރާއީލުން ނުޙައްޤުން އަރައިގަނެ، ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް އދ އަދި އެމެރިކާއިން ބާރު އަޅާފައެއް ނުވެއެވެ.

ޓެގް

އ ހަމަލާ ފޮޓޯއިން ޚަބަރު ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.