ރާއްޖޭގެ ޚަބަރު މަދީނާ ޔުނިވަރސިޓީގެ ފަރާތުން މިއަހަރުވެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގަނީ

މަދީނާ ޔުނިވަރސިޓީގެ ފަރާތުން މިއަހަރުވެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގަނީ

މަދީނާ ޔުނިވަރސިޓީގެ ފަރާތުން މިއަހަރުވެސް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުއްލިޔަތުއް ދިރާސަތުލްއިސްލާމިއްޔާ

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި މިއަހަރުވެސް އަރަބި ބަހާއި އިސްލާމީ ޡަޤާފަތުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދާ ގޮތަށް ހަމެޖެހިއްޖެއެވެ.

3 ހަފްތާއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ (2013 ވަނަ) އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިއަހަރުގެ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ދޫކުރަން ފަށާފައި ވަނީ 12 ނޮވެމްބަރ ވީ ހޯމަ ދުވަހުން ފެށިގެންނެވެ. އަދި ބަންދުނޫން ކޮންމެ ދުވަހަކު 10:00 ން 14:00 އަށް ފޯމު ދޫކުރުމާއި ބަލަިގަތުން އޮންނާނެއެވެ.

އެހެން ކަމުން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން  13 ޑިސެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކުއްލއްިޔަތުއްދިރާސަތިލް އިސްލާމިއްޔާގެ އިދާރާއާއި ހަވާލު ކުރެއްވުމަށް އެފަރާތުން އެދިލައްވައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 3314072 ނުވަތަ 7994141 އަށް ގުޅުއްވާލެއްވުމަށްވެސް އެފަރާތުން އެދިލައްވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.