ވާހަކަ

މީހުންނަށް އަޅާލާށެވެ. އެއީ ﷲ ގެ ޙަޟްރަތުގައި ކާކުކަމެއް ތިބާއަކަށް ނޭންގެއެވެ.

އައް ޝައިޚް ޞާލިޙުލް މަޣަމްސީ ކިޔައިދެއްވިއެވެ:

ތިމަން 32 އަހަރުވަންދެން ކޮންމެއަހަރަކު ޙައްޖުކުރާ ފިރިހެނަކު ދަންނަމެވެ. އެއީ މީގެ 32 އަހަރު ކުރިން އޭނާ އުމުރުން ޅައިރު 9 ފަސެންޖަރުންގެ ބަހެއްގައި ދަތުރު ކުރިދުވަހެކެވެ. އެންމެ ކުރީ ދެސީޓުގައި ތިބީ ދެމަފިރިންނެކެވެ. އެއިގެ ފަހަތުގައި ވަރަށް ޢުމުރުން ދުވަސްވީ އަންހެނަކު، ތަނުގެ ފިތުން ބޮޑުކަމާއިއެކު، ވަރަށް އުނދަގުލުގައި އިނެވެ. އެއަންހެންމީހާގެ ބަލިކަށިކަމުންނާއި ޢުމުރުން ދުވަސްވުމުގެ ސަބަބުން މިއުނދަގޫ އަދި އިތުރަށް ބޮޑެވެ. ދެން ތިމަން މިބުނާ މިސުރު މީހާއަށް އެމަންޒަރުފެނި ކުރީގައި އިން ފިރިހެންމީހާއަށް އެކަން ވިސްނައިދެވޭތޯއުޅުނެވެ. އެމީހާ އެކަން ޤަބޫލު ނުކުރީމައިވެސް ދޫނުކޮށް އެގޮތްމިގޮތުން އޭނާލައްވައި އެންމެ ފަހުން އެއްބަސްކުރުވިއެވެ. އެހެންކަމުން އެފިރިހެންމީހާ ފަހަތު ސީޓަށްގޮސް އެމުސްކުޅި އަންހެންމީހާ ކުރީގައި އިނދެވޭނެގޮތް ހަމަޖައްސައިފިއެވެ، ދެން މިމުސްކުޅި އަންހެންމީހާ ކުރީ ސީޓްގައި އިނދެ ދެފައި ދަމާލައި ހަމަޖެހިލަމުން އޭނާގެ ރަށުބަހުން އެމިސްރު މީހާއަށް ބުންޏެވެ. "ﷲ ތަޢާލާ ތިބާއަށް ކޮންމެ އަހަރަކު ޙައްޖުކުރުމުން އެއްކިބާ ނުކުރައްވާށިއެވެ"

މިމީހާ އެދުވަހަށްފަހު މިއަދާއި ހަމަޔަށްވެސް ކޮންމެ އަހަރަކު ޙައްޖެއްކުރެއެވެ. ތިމަން އެމީހާ ދަންނަތާ 32 އަހަރުވީއެވެ. 32 ޙައްޖު އެދުވަހަށްފަހު އޭނާ ކޮށްފިއެވެ. ބައެއް އަހަރުތަކުގައި އޭނާގެ އަތުގައި ޙައްޖުމަސް ގާތްވާއިރު ލާރިނެތި އަދި ޙައްޖުކުރުމުގެ ވިސްނުންވެސްނެތި ދެއެވެ. އެކަމަކު އެއަންހެން މީހާގެ ދުޢާގެ ބަރަކާތުން ﷲ އޭނާއަށް ކޮންމެސް ގޮތެއް މެދުވެރި ކުރައްވައި ޙައްޖުވާނޭ މަގު ފަހިކުރައްވައެވެ،

ސުބުޙާނަﷲ އެވެ! މިއީ މީހުންނަށް އެހީތެރިވުމުގެ ކިހާ ބޮޑު ފައިދާއެއްތޯއެވެ. މިފަހަރު އެ މިސުރުގެ އަޚާއަށް އެއެހީތެރިވެދެވުނީ ﷲ ގެ ލޯބި ލިބިއިން އެކަލާންގެ ވަލީވެރިއަކަށް ކަމުގައިވެސް ވެދާނެއެވެ.

ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ﷲ ދެއެއްޗެއްގެ ތެރޭގައި ދެއެއްޗެއް ރައްކާކުރެއްވިއެވެ: ހެޔޮ ޢަމަލުތަކުގެ ތެރޭގައި އެކަލާންގެ ރުއްސެވުން ރައްކާކުރެއްވިއެވެ. އެއިރުން އެޢަމަލުކުރިމީހާއަށް ﷲގެ ރުހިވޮޑިގަތުންލިބުނީ ކޮންކޮން ޢަމަލަކުންކަން ނޭންގޭނެއެވެ. އަދި ﷲގެ ވަލީވެރިން އެކަލާންގެ އަޅުތަކުންގެ ތެރޭގައި ރައްކާކުރެއްވިއެވެ. އެހެންކަމުން މީހުންނަށް ﷲގެ ވަލީންނަކީ ކޮންބައެއްކަމެއް ނޭންގޭނެއެވެ."

ބުނަންބޭނުންވަނީ، ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނާށެވެ. ފަހަރުގައި އަހަރެމެންނަށްވެސް މީހަކަށް ހެޔޮކަމެއް ކޮށްދެވިދާނެއެވެ. އެމީހަކީ ފަހަރުގައި ދުޢާ އިޖާބަ މީހަކަށްވެސް ވެދާނެއެވެ. މީހުންނަށް އެހީވުމުގައި ދެމިހުންނާށެވެ.

ރެފަރެންސް : 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ