ރާއްޖޭގެ ޚަބަރު ރައިސްލު ޖުމުހޫރިއްޔާ އޮފީހުގެ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހޭރު ދިއިސްލާމަށް ދެއްވެވި ބަސްތީގަތުން

ރައިސްލު ޖުމުހޫރިއްޔާ އޮފީހުގެ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހޭރު ދިއިސްލާމަށް ދެއްވެވި ބަސްތީގަތުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ލިޔުނީ: ހުސެއިން ހަބީބު

 

- ރާއްޖޭގެ ޣައިރުދީން ކުރުވުމުގެ އެއްވެސް ޕްރޮޖެކްޓެއް ރާއްޖޭގައި ނުހިނގާ އެއީ ކަނޑައެޅިގެން ޙަޤީޤަތާއި ޙިލާފު ވާހަކައެއް

- "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާއި ބެހޭ ޤަވާޢިދު" އެކަމަކީ އެއީ އިސްލާމިކް މިނިސްޓްރީއާއި ގުޅުމެއް ހުރި ކަމެއްގެ ގޮތުގަ ދެކެވަޑައިނުގަންނަވާ ޢިލްމުވެރިން އެބަތިއްބެވި

- ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމާއި ބެހޭ ޤަވާޢިދު ނެތުމަކުން އިސްލާމިކް މިނިސްޓްރީއަށް ދަތިފުޅުވާނެ އެއްވެސް ކަމެއް ނޯންނާނެ

ރާއްޖޭގެ ޣައިރުދީން ކުރުވުމުގެ އެއްވެސް ޕްރޮޖެކްޓެއް ރާއްޖޭގައި ނުހިނގާ ކަމަށް ރައިސްލުޖުމުހޫރިއްޔާގެ އޮފީހުގެ ޕްރެސްސެކެޓްރީ މޫޙައްމަދު ޒުހޭރު ވިދާޅުވެއްޖެއެވެ.

ޒުހޭރު މިހެންވިދާޅުވީ އިއްޔެ ދިއިސްލާމަށްދެއްވި ބަސްތީގަތުމެއްގައެވެ. ޒުހޭރު ވިދާޅުވީ އެއީ ކަނޑައެޅިގެން ޙަޤީޤަތާއި ޙިލާފު ވާހަކައެއްކަމަށެވެ.

"ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފުލާ ބޭއްވުމާއި ބެހޭ ޤަވާޢިދު" ގެޒެޓް ކުރުމުގެ ކުރިން އިސްލާމިކް މިނިސްޓްރީއިން މިކަމާއި ބެހޭގޮތުން ފޮނުއްވެވި، ސީޓީއަށް ކިހާވަރަކަށް ރިއާޔަތްކުރެއްވިންތޯ އެއްސެވުން ޒުހޭރު ވިދާޅުވީ [ދަޢުލަތުގެ އެއްވެސް މިނިސްޓްރީއަކުން ފޮނުއްވަވާ އެފަދަ ސިޓީ ފުޅަކަށް އެންމެ އިސް އަޙަމިއްޔަތުކަން ދެއްވާނެ، ދެން މިކަމުގައި (އެކަމަކު) އެކަމަކީ އެއީ އިސްލާމިކް މިނިސްޓްރީއާއި ގުޅުމެއް ހުރި ކަމެއްގެ ގޮތުގަ ދެކެވަޑައިނުގަންނަވާ ބޭފުޅުން (ޢިލްމުވެރިން) އެބަތިއްބެވި، އެއީ އެހެން މިދެންނަވަނީ އެކަމަކީއެއީ ރަމްޒީ، ބަޔަކު ކުޅޭ ތަމްސީލެއް އެއަކީ ކައިވެންޏެއްވެސް ނޫންކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވޭ އެއީ ޣައިރު ދީނުގެ ބަޔަކު ކުޅޭ ތަމްސީލެއް ދެން އެތަމްސީލް އެމީހުން ލައްވާ ކުޅުވާއިރު، އެކަމަށް އަގެއް ނަގާތީ އެއަގު ނެގުމުގެ މަހުފޫމްގެދަށުން އެއަގެއް ނެގެވެންވާނީ އެމީހަކަށް އެތަމްސީލްގައި ބައިވެރިވެވެނީ އެއީ ކޮންގޮތަކަށް ކިހިނެއްކަން އެނގިގެން ކަމަށް ކަނޑައެޅުއްވި އެކަމުގެ ސިނާއަތާއި ގުޅޭ ޤަވާޢިދަކަށް އެވަނީ އެކަމަކީ ދީނީ ގޮތުން އެކަމުގައި ކަންތައްތަކެއް އެކުލެވޭ ކަމެއް ނޫންކަމަށް ބައެއް ދަންނަބޭކަލުން ލަފާ ދެއްވާފައި އެބަހުރި] ޒުހޭރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެކުލަވަލެއްވި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔާތްކުރުމާއި ބެހޭ ޤަވާޢިދު ޢަމަލް ކުރުން ލަސްވަމުންދާ ދިއުމުގެ ސަބަބާއި ބެހޭގޮތުން ޒުހޭރު ވިދާޅުވީ [ޤަވާޢިދު ލަސްވެފައި މިއޮންނަނީ ތަންފީޒު ކުރެވޭނެ ގޮތްތަކަކަށް ރައިސްލުޖުމުހޫރިއްޔާ ރިއާޔަތް ކުރައްވާފަ، ދެން ހަމަ އެޤަވާޢިދުގަ އެބަ ހުރޭ، އެނގިވަޑައިގަންނަވާނެ އިސްލާމިކް މިނިސްޓްރީއޭ ދެންނެވީމާވެސް އެބޭފުޅުންނަކީ ސިޔާސީ ޕާޓީއެއްގެ މެންބަރުން، އެހެންވީމާ ހަމައެކަނި އިސްލާމް ދީނުގެ ކަންތައްތައް ކުރިއެރުވުމުގެ އިތުރަށް އެބޭފުޅުންވެސް ސިޔާސީ ޕާޓީގެ އެސިޔާސީ ކުރިއެރުއްވުންތައް ވެސް ހޯއްދެވުމުގެ ބޭނުންފުޅުތައްވެސް ހުންނާނެ، އެހެން ހުންނައިރު މިވާގޮތަކީ ޢަދާލަތު ޕާޓީގެ ހިމެނިވަޑައި ނުގަންނަވާ ދަންނަ ބޭކަލުންނާ ދޭތެރޭގައި، ޢަދާލަތު ޕާޓީގެ ދަންނަ ބޭކަލުން ޢަމަލްކުރެވޭ ގޮތައް ފެންނަކަހަލަ ގޮތަކަށްވެސް ޤަވާޢިދެއް އޮތުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ، އެހެންވުމާއެކީގައި، އެޤަވާޢިދުގެ ވަރަށް ގިނަ ކަންތައްތައް ޤާނޫނީ ވަރަށް ގިނަ ފަރާތްޕުޅުތަކުން ބައްލަވަމުން އެގެންދަވަނީ އެޤަވާޢިދު ނެތުމަކުން އެބޭފުޅުންނަށް ދަތިފުޅުވާނެ އެއްވެސް ކަމެއް ނޯންނާނެ، އެޤަވާޢިދު ނެތުމުން އެބޭފުޅުންނަށް ދަތިފުޅު ވާނެ ހަމައެކަނި އެއްކަމަކަށް އޮންނާނީ އެބޭފުޅުން ހިތްޕުޅާ ނުވާ ދީނީ ޢިލްމުވެރިންނަށް އެކިކަހަލަ ކަންތައް މަނާ ކުރެވުމުގެ ކަންކަން އެކަނި] ކަމަށް ޒުހޭރު ވިދާޅުވިއެވެ.

ޒުހޭރުގެ ބަސްތީގަތުން އަޑުއައްސަވާ

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.