ރާއްޖޭގެ ޚަބަރު އެޑިއުކޭޝަންގެ ސިޔާސަތައް ތާއީދުކޮށް އިސްލާމިކް ފައުންޑޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރި ނޫސް ބަޔާން އެއީ އެޖަމިއްޔާއިން ނެރުނު ބަޔާނެއް ނޫންކަމަށް ބުނެފި

އެޑިއުކޭޝަންގެ ސިޔާސަތައް ތާއީދުކޮށް އިސްލާމިކް ފައުންޑޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރި ނޫސް ބަޔާން އެއީ އެޖަމިއްޔާއިން ނެރުނު ބަޔާނެއް ނޫންކަމަށް ބުނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
ލިޔުނީ: ހުސެއިން ހަބީބު

އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތައް ތާއީދުކޮށް އިސްލާމިކް ފައުންޑޭޝަންގެ ވެބްސައިޓްގައި ޝާއިއުކުރި ނޫސް ބަޔާން އެއީ އެޖަމިއްޔާއިން ނެރުނު ބަޔާނެއް ނޫންކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.

އިސްލާމިކް ފައުންޑޭޝަންގެ ރައީސްއާއި ހަވާލާދީ މީޑީއާތަކުން ހާމަކުރާގޮތުގައި، "އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ވެބްސައިޓާއި ޔޫސަރ ނޭމެއް ހެކްކޮށް ޖަމިއްޔާގެ އީމެއިލް މެދުވެރިކޮށް ނޫސްބަޔާނެއްނެރެފައިވާ" ކަމަށާއި "އެއީ އެޖަމިއްޔާއިން ނެރުނު ބަޔާނެއް ނޫން" ކަމަށެވެ. މިހަބަރު ދޮގުކޮށް އެމްއެންބީސީ ވަން މެދުވެރިކޮށް އެޖަމިއްޔާގެ ރައީސް ވަނީ އިންޓަވިއުއެއްވެސް ދީފައެވެ. އެޖަމިއްޔާގެ އިސް ބައެއް ފަރާތްތަކުންވެސް އެބަޔާނަކީ ބަޔަކު އެޖަމިއްޔާގެ ވެބްސައިޓް ހެކް ކޮށްގެން ޖެހި ބަޔާނެއްކަމަށް ވަނީ ބުނެފައެވެ.

އިސްލާމިކް ފައުންޑޭޝަންގެ ނަމުގައި ނެރެފައިވާ ބަޔާނުގައި، "އެމް.ޑީ.ޕީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ވޭތުވެދިޔަ ދިގު 30 އަހަރު މިރާއްޖޭގެ ވެރިކަން ރެނދަލިކުރައްވުމަށްފަހު ފޭބި ރައީސް ވަނީ މިރާއްޖޭގެ ތައުލީމު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާފައި ކަމަށާއި މީން ޒަމާނަކު އަރައި ނުގަނެވޭފަދަ ފުން ވަޅުގަނޑަކަށް ތައުލީމީ ވުޒާރާ ވައްޓާލާފައެވެ. އެހެނަސް މިސަރުކާރު ވެރިކަމަށް އައިސް ތައުލީމީ ނިޒާމަށް ގެންނަމުންދާ 'ހެޔޮ' ބަދަލު މިޖަމިއްޔާއިން ފާހަގަ ކުރަނީ ވަރަށް އުފަލާއި އެކުގައި" ކަމަށާއި "ތައުލީމީ ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރާއި ބަޔަކު ޒާތީ ގޮތުން ޖައްސާލައިގެން އެމަނިކުފާނު ކުރައްވާ ކޮންމެކަމެއްވެސް އެއީ ގޯސް ކަމެއްކަމުގައި ދައްކާ ބައެއް ބޮޑެތި ޖަމިއްޔާތަކުން އަޑީގައިތިބެގެން ކުރަމުންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ"ކަމަށެވެ. އަދި މީގެ އިތުރުން "އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސްގެ ފަރާތުން މިއަދުގެ ސަރުކާރުގެ ތައުލީމީ މަންހަޖަށް ގެންނަމުންދާ ބަދަލުތަކަށް ފުރިހަމަ ތާއީދު ކުރާކަން އެޖަމިއްޔާގެ ޙާއްސަ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންވެސް ވަނީ ފާސްވެފަ" ކަމަށާއި "އެހެންކަމުން އިސްލާމިކް ފައުންޑޭޝަންގެ އަމާޒަކީ އަދި ލަނޑުދަނޑިއަކީ މިއަދުގެ ސަރުކާރުން ތައުލީމީ ސިޔާސަތު އެކަށައަޅަމުންދާހިނދު އެކަމަށް އެއްބާރުލުންދީ އެކަމަށް މިޖަމިއްޔާއަށް ވެވެން އޮތް އެހީއެއް ވެދިނުން" ކަމުގައެވެ.

ދިއިސްލާމްއަށް ވެސް މިބަޔާނުގެ ކޮޕީއެއް އިސްލާމިކް ފައުންޑޭޝަންގެ މެއިލް މެދުވެރިކޮށް ވަނީ ލިބިފައެވެ. އެމެއިލްގައި އެނޫސް ބަޔާން އެޖަމިއްޔާގައި ޝާއިއުކޮށްފައިވާ ލިންކް ވެސް ވަނީ ޖަހާފައެވެ. ހަބަރު ލިބިފައިވާ ގޮތުގައި މިނޫސް ބަޔާން ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ވަނީ ލިބިފައެވެ. އެޖަމިއްޔާގެ ނަމުގައި ނެރެފައިވާ ނޫސް ބަޔާނުގައި އެޖަމިއްޔާގެ ލެޓަހެޑާރ ޖަމިއްޔާގެ ރައީސްގެ ނަމާއި ޖަމިއްޔާގެ ނޫސް ބަޔާން ނަންބަރުވެސް ވަނީ ޖަހާފައެވެ.

ބަޔާން ޝާއިއުކޮށްފައިވާ ލިންކް!

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.