ދުނިޔެ ރޮހިންގްޔާގެ މުސްލިމުންނާއެކު ދަތުރުކުރި އުޅަނދެއް ބަންޑުންވެއްޖެ

ރޮހިންގްޔާގެ މުސްލިމުންނާއެކު ދަތުރުކުރި އުޅަނދެއް ބަންޑުންވެއްޖެ

ރޮހިންގްޔާގެ މުސްލިމުންނާއެކު ދަތުރުކުރި އުޅަނދެއް ބަންޑުންވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޮހިންގްޔާގެ މުސްލިމުނާއެކު މެލޭސިޔާއާއި ދިމާލަށް ދަތުރުކުރި އުޅަނދެއް ބަނޑުންވެއްޖެއެވެ. ބުދަ ދުވަހު ހިނގ މިހާދިސާގައި 100އެއްހާ މީހުން ވަނީ ގެއްލިފައެވެ

ބަންގްލަދޭޝްގެ ބޯޑަރ ގާޑު ކޮމާންޑަރު ޒާހިދު ހަސަން ހާމަކުރިގޮތުގައި އެ އުޅަނދު ދެކުނު ކޮކްސް ބާޒާރުގެ 15 ކިލޯމީޓަރ ދުރުން އަޑިއަށް ދިޔައިރު  އެ އުޅަނދުގައި 110މީހުން ތިއްބެވެ. އަދި މި ސަރަހައްދުގައިވާ މަސްވެރިންގެ އެހީއާއިއެކު 11 މީހުން ސަލާމަތްކުރެވިފައިވާކަމަށާއި މީހުން ހޯދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންއެއް ކުރިއަށް ދާކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. އަދި މީގެ ޒާހިދު ހަސަން ވިދާޅުވީ އެ އުޅަނދު މެލޭސިޔާއާއަށް ދަތުރު ކޮށްފައިވަނީ ޤަވައިދާ ޚިލާފަށް ކަމަށެވެ. އަދި ސަލާމަތްކުރެވުނު 11 މީހުން ތެރެއިން 2 މީހުންނަކީ ރޮހިންގްޔާގެ މީހުން ކަމަށާއި އެއެންމެންވެސް މިހާރު ވަނީ އެފަރާތުގެ ބެލުމުގެ ދަށުގައިކަމަށް ޒާހިދު ހަސަން ޔަޤީންކޮށްދިނެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހުވެސް 135 ވަރަކަށް މީހުން ގޮވައިގެން ދަތުރުކުރި އުޅަނދެއްވެސް ވަނީ ބޭ އޮފް ބެންގަލް އަށް އަޑިއަށްގޮސްފައެވެ. އެފަހަރުވެސް އޭގައި ގިނައީ މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުން ތަކުން ސަލާމަތްވުމަށް މަސައްކަތްކުރި ރެފިއުޖީންގެ ގޮތުގައިތިބި  ރޮހިންގްޔާގެ މުސްލިމުންނެވެ. މިޔަންމާގައި ރޮހިންގްޔާގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުނދާ ޖަރީމާ ތަކަން ސަލާމަތްވުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެތަކެއް ސަތޭކަ ހާސް މީހުންނެއް ވަނީ މިޔަންމާ ދޫކޮށް ގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.