ދުނިޔެ ފަލަސްޠީން ތަޙައްމަލުކުރާ ޤަޠުލްޢާއްމުތަކާއި، ވަޒަނުން ފައްސާލުމުގެ ޒިންމާ ނަގަންޖެހެނީ އިނގިރޭސިވިލާތުން: ޙަމާސް

ފަލަސްޠީން ތަޙައްމަލުކުރާ ޤަޠުލްޢާއްމުތަކާއި، ވަޒަނުން ފައްސާލުމުގެ ޒިންމާ ނަގަންޖެހެނީ އިނގިރޭސިވިލާތުން: ޙަމާސް

ފަލަސްޠީން ތަޙައްމަލުކުރާ ޤަޠުލްޢާއްމުތަކާއި، ވަޒަނުން ފައްސާލުމުގެ ޒިންމާ ނަގަންޖެހެނީ އިނގިރޭސިވިލާތުން: ޙަމާސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރާއީލްގެ ފަރާތުން ލިބޭ ގިނަ ގުނަ މުޞީބާތްތަކާއި ޤަޠުލް ޢާއްމުތަކާއި، ގަދަކަމުން ގޯތިގެދޮރުން ފައްސާލުމުގެ ޙަޤީޤީ ޒިންމާ ނަގަން ޖެހޭ ފަރާތަކީ، ފަލަސްޠީނުގެ ބިމުގައި ޔަހުދީންނަށް ވަޒަނެއް ހޯދައިދޭނެކަމަށް 1901 ގައި ވަޢުދުވެފައިވާ އިނގިރޭސި ވިލާތްކަމަށް ބެލްފޯރ ޑެކްލެރޭޝަންގެ 95 ވަނަ އަހަރީ ދުވަހާ ދިމާކޮށް ޙަމާސް ޖަމާޢަތުން ނެރުނު ނޫސް ބަޔާނެއްގައި ހާމަކޮށްފިއެވެ.

ޙަމާސްއިން ޢާއްމުކޮށްފައިވާ މިނޫސް ބަޔާނުގައި، އިޒްރާއީލްގެ އަނިޔާވެރިކަމުގެ ކުރިމަތީގައި ފަލަސްޠީނުގެ ރައްޔިތުން ދައްކަމުންދާ ސާބިތުކަމަށާއި، އިޒްރާއީލްގެ ޖަލުތަކުގައި ހައްޔަރުކުރެވިފައިވާ ފަލަސްޠީނުގެ އަސީރުންނަށް އަދި ފަލަސްޠީނުގެ ހުރިހާ އިދިކޮޅު ހަރަކާތްތަކަށް ތަޢުރީފްކޮށްފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ޙަރަކާތްތެރިވަމުންދާ ޙަމާސް ޖަމާޢަތުން އިތުރަށް ޔަޤީންކަން ދީފައިވާ ގޮތުގައި، އިޒްރާއީލްގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އެމީހުން ދެމިތިބޭނެއެވެ.

"އަހަރެމެން މިތިބީ އަހަރެމެންގެ ޙައްޤުތައް އަނބުރާ ހޯދުމަށް، އަހަރެމެންގެ އަސީރުން މިނިވަންކުރުމަށް، އަދި އަޅުވެތިކަމާ ދެކޮޅުހެދުމަށް ގަދަ ޢަޒުމް ކަނޑައަޅައިގެން. އެއީ އެމީހުން އަހަރެމެންގެ ބިމުގައި ތިބިހާ ހިނދަކު. އަހަރެމެންގެ ޙައްޤުތައް ފުރިހަމައަށް ނުލިބެނީސް އަހަރެމެންގެ އިދިކޮޅު ޙަރަކާތްތައް ހުއްޓާ ނުލާ ސާބިތުވެ ތިބޭނަން. އަހަރެމެން މިކަމުގައި ދުލެއް ނުދޭނަން." ޙަމާސްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފަލަސްޠީނުގެ އެތެރޭގެ ޙަރަކާތްތަކުގައި އުފެދިފައިވާ ބައިބައިވުންތައް ނިމުމަކަށް ގެނައުމުގެ މުޙިއްމުކަމާމެދު މިނޫސް ބަޔާނުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ބައިނަލް އަޤްވާމީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާއި ޢަރަބި ރަބީޢުގެ ހެޔޮ ބަދަލުތަކަށް ރިޢާޔަތްކޮށް ފަލަސްޠީނުގެ އެތެރޭގެ ޙަރަކާތްތައް އެއްބައިވުމަށް ޤައުމީ މަޝްވަރާތަކެއް ފެށުމަށް ހުށައަޅާފައިވެއެވެ. މީގެ ސަބަބުން އިޒްރާއީލާ ދެކޮޅަށް ހިންގޭ ޙަރަކާތްތައް އިތުރަށް ވަރުގަދަވެގެން ދާނޭކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.