އިންޓަނޭޝަނަލް ޔޫނިއަން ފޯ މުސްލިމް ސްކޮލާސްގައި ރާއްޖޭގެ 10 އިލްމުވެރިން ބައިވެރިވުމަށް ފުރުސަތު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި ރާއްޖޭގެ ފަރާތުން އެ ޔޫނިއަންގައި ބައިވެރިވާނެ އިލްމުވެރިން ނަގާނީ ފިގްހު އެކަޑަމީންކަމަށެވެ.
މި ޔޫނިއަނުން އިސްލާމިކް މިނިސްޓްރީ އަށް އެހީތެރިވެދީ، އިލްމުވެރިން ބިނާކޮށް ތަފާތު ވޯކްޝޮޕްތައް ހިންގުމާއި އިސްލާމީ ފިގްހް އެކަޑަމީ ތައްޔާރުކުރުމުގައި ވެސް އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީއިން ހާމަކުރެއެވެ.
މި ވަގުތު ދުނިޔޭގައި އޮތް އިލްމުވެރިންގެ އެންމެ ބޮޑު މަޖިލީސް ކަމަށްވާ މިޔޫނިއަންގައި ރައިސްކަން ކުރައްވާނީ އަޒުހަރު ޔުނިވަސިޓީގެ އެންމެ މަޝްހޫރު އެއް އިލްމުވެރިޔާ އަދި ދުނިޔޭގައި މިހާރު ތިއްބެވި އެންމެ މޮޅު ފިގްހް އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޔޫސުފުލް ގަރަޟާވީއެވެ.

















advertisment
ތައުހީދު ގެ އިލްމު ގިނަ މީހަކު ނަގާތި
ޑރ. ޔޫސުފުލް ގަރަޟާވީއެވެ. ކިހާ އިލްމުވެރި ބޭފުޅެއްތޯ؟