ރާއްޖޭގެ ޚަބަރު

ކެލާގައި ރޯގާއެއް ފެތުރެނީ

ކެލާ

ކެލާ

ފާއިތުވި ހަފްތާގައި ކުރި ވިއްސާރަ އަށް ފަހު ހއ. ކެލާގައި ވައިރަލްފީވާއެއް ފެތުރެމުން ދާކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ހާމަކޮށް ފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކެލާ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ޙުސެއިން ފާރޫޤް ވިދާޅުވީ ވިއްސާރާގެ ކުރީގައިވެސް ރަށުތެރޭގައި ކޮންމެވެސް ވަރަކަށް މިރޯގާ އުޅުނު ކަމަށާއި ނަމަވެސް ވިއްސާރަ އަށް ފަހު، ޖަންގުޝަންތައް ފަޅައިގެން ގޮސް ނަޖިސް ބޭރުވުމުންނާއި އީދު ތެރޭގައި ގިނަ ބަޔަކު އެއްތާކަށް އެއްވުމުގެ ސަބަބުން ރޯގާ ބޮޑަށް ފެތުރުމަށް މަގުފަހިވި ކަމަށެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ފާރޫޤް ވިދާޅުވީ ރަށުގައި މިވަގުތު ބޭސް ހުސްވެފައި ވުމުންއެކަމަށް ހައްލެއްގެންނަން ސަރުކާރުން މަސަކަތް ކުރަމުން ދާކަމަށެވެ.

އަދި މީގެއިތުރުން ފާރޫޤް ވިދާޅުވީ ރައްޔިތުން ހޭލުންތެރި ކުރުމަށް ސިއްހީ މަރުކަޒުގެ ފަރާތުން ތަފާތު ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި އިއުލާން ހަރުކުރުމާއި ރޯގާއަށް ރައްކާތެރިވުމަށް ހޭލުންތެރިކަމުގެ ލިޔުންތައް ބެހުން ހިމެނޭކަމަށެވެ. އަދި ރަށުގެ ބައެއް ސަރަހައްދުގެ ވަޅުތައް މިހާރު ކުލޮރިން ކޮށްފައިވާ ކަމަށްވެސް ފާރޫޤް ވިދާޅުވިއެވެ.

ކެލާގައި ރޯގާ އިތުރަށް ފެތުތުނަ ނުދިނުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރަމުން ދާއިރު ވިއްސާރައިގައި ގެއްލުންލިބުނު ގިނަ ރަށްތަކުން މިހާރު ދަނީ ފެތުރިދާނެ ބަލިމަޑު ކަމަކަށް ތައްޔާރު ވަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *