ދިވެހިރާއްޖޭގައި މިސްކިތް ބިނާކުރުމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާ އެހީގެ އެއްބަސްވުމުގައި މިއަދު ކޮލަންބޯގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮލަމްބޯގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އޮނަރަބަލް ޙުސައިން ޝިހާބެއެވެ. ސަޢުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސަޢުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލްއުސްތާޛު ޢަބްދުލްޢަޒީޒުޖައްމާޒުއެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މިސްކިތް ބިނާކުރުމަށް ސަޢުދީ ސަރުކާރުގެ ފަރާތުން 27 މިލިޔަން ދިވެހިރުފިޔާ ލިބިގެން ދާއިރު މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މިސްކިތް ބިނާކުރެވޭ ރަށްތައް އަންނަ ހަފްތާގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށާއި ﷲ އިރާދަކުރެއްވިއްޔާ މިއަންނަ ޑިސެންބަރު މަހުގެ ތެރޭގައި ޓެންޑަރ ކުރެވޭނެކަމަށެވެ.





ކޮމެންޓް (0)
ލޯޑް ކުރަމުން...