އަމާނާތަކަފުލްގެ ފަރާތުން ފުލުހުންނަށް ކޮމްޕިއުޓަރ ސިސްޓަމަކާއި ޕްރޮޖްޓަރެއް ހަދިޔާކޮށްފި

އަމާނާތަކަފުލްގެ ފަރާތުން ފުލުހުންނަށް ކޮމްޕިއުޓަރ ސިސްޓަމަކާއި ޕްރޮޖްޓަރެއް ހަދިޔާކޮށްފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

އަމާނާތަކަފުލް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ ޙަރީޟް ސުލެއިމާން (ކ) އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް (ވ) | ފޮޓޯ: ޕޮލިސް

އަމާނާތަކަފުލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކޮމްޕިއުޓަރ ސިސްޓަމަކާއި ޕްރޮޖެކްޓަރަކާއި އެހެނިހެން ބައެއް ތަކެތި ހަދިޔާކޮށްފިއެވެ.

އިއްޔެ މެންދުރުފަހު ޝަހީދު ޙުސެއިން އާދަމް ބިލްޑިންގ ގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ގައި ފުލުހުންގެ ފަރާތުން މި ތަކެއްޗާއި ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް އެވެ. އަމާނާތަކަފުލް ގެ ފަރާތުން މިތަކެތި ޙަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙަރީޟް ސުލެއިމާން އެވެ.

މި ތަކެތި ހަދިޔާ ކުރުމަށްފަހު ޙަރީޟް ސުލެއިމާނު ދެއްކެވި ވާހަކަފުޅުގައި މި ތަކެއްޗަކީ މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ހިންގާ ތަމްރީން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްތަކުގައި ބޭނުންކުރުމަށްޓަކައި ހަދިޔާކުރި ތަކެތި ކަން ފާހަގަ ކުރެއްވިއެވެ.

އަމާނާތަކަފުލް އިންޝުއަރެންސް ކޮމްޕެނީ އަކީ އިސްލާމީ ޝަރީޢަތާއި އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގައި އިންޝުއަރެންސް (ތަކާފުލް) ޚިދުމަތްދޭ ހަމައެކަނި ކުންފުންޏެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.