ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ޚަރަދު ކުރަނީ

ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ޚަރަދު ކުރަނީ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ރައީސް ވަޙީދު ހޯރަފުށްޓަށް ވަޑައިގެން އެރަށުގެ ހާލަތު ބައްލަވަނީ، ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން، މިހާރުން މިހާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ހަސަން  މަނިކު ވިދާޅުވެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށްޓަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލެއްވުމަށް އިއްޔެ އެރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު،ރޭގެ ވަގުތެއްގައި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހޯރަފުށްޓަށް މި ވިއްސާރައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، ހޯރަފުށްޓާއި އަދި ވިއްސާރައިގައި ގެއްލުންވި ރަށްރަށަށް އެހީވުމުގައި ސަރުކާރާއި، އަދި އާންމު ފަރުދުންވެސް ވަރަށް ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާ ކަމަށެވެ.މިގޮތުން މިހާރުން މިހާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށް ދަޢުލަތުގެ ބަޖެޓުން 10 މިލިޔަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވާކަމަށްވެސް ވަޙީދު ވިދާޅުވި އެވެ.

" އަޅުގަނޑު މިއަދު ނިންމައިފިން، ސަރުކާރުގެ ބަޖެޓުން މިހާރުން މިހާރަށް ބޭނުންވާ ޚަރަދުތައް ކުރުމަށްޓަކައި ދިހަ މިލިއަން ރުފިޔާ ކަނޑައަޅަން. އެގޮތުން، މިހާރު މިރަށްރަށަށް އެހީތެރިވުމުގެ މަސައްކަތް ހިނގަމުން އެބަދޭ. މި މަސައްކަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޓީމުތަކާއި އަދި ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް އާއި، ޕޮލިސްއާއި، ރަށްރަށުގެ ރަށު ކައުންސިލްތައް ވަރަށް ޙަރަކާތްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. ދެން ހަމަ އެހެން، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން ޚާއްޞަކޮށް، އެސް.ޓީ.އޯ. އިން، މިހާރު ބޭނުންވާ ކާޑުގެ އެކިއެކި ބާވަތްތައް، އެކިދިމަދިމާއަށް ފޮނުވުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަވާ. އެގޮތުން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުތުރުގެ ދެތިން ރަށަކަށް ކާޑު މިހާރުވަނީ ބޭނުންވެފައި. އެމަސައްކަތް މިހާރު ވަރަށް ބާރަށް ހިނގަމުން އެބަދޭ." ރައީސް ވިދާޅު ވިއެވެ.

އިއްޔެ ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ރައީސް އިތުރަށް ވިދާޅުވީ ހޯރަފުށީގެ ޢާއިލާތަކާ އެމަނިކުފާނު ބައްދަލުކުރައްވައި، އެމީހުންގެ ޙާލު ބެއްލެވި ކަމަށާއި، ގާތްގަނޑަކަށް ސަތޭކައަށްވުރެ ގިނަ ގޭގޭގެ ޢާއިލާތަކަށް ވިއްސާރައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.އަދި ބައެއް ގޭގޭގައި ކައްކާ ކައިބޮއި ނޫޅެވޭވަރަށް ގެއްލުން ލިބިފައި އެބަހުރިކަމަށާއި، ހިފާ ގެންގުޅޭ ތަކެތި ހަލާކުވުމާއި، ފަރުނީޗަރާއި އަދި ގޮދަޑިތައް ހަލާކުވުމުގެ ސަބަބުން ނިދޭނެގޮތް ނެތް ޙާލަތުގައިވެސް ބައެއް ގޭގެ އެބަހުރި ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިއްސާރައިގެ ގެއްލުންވި ފަރާތްތަކަށް އެހީތެރިވަމުންދާ ރާއްޖޭގެ ވިޔަފާރި ވެރިންނާއި، އެމް އެންޑީއެފާއި،މަދަނީ ޖަމްޢިއްޔާތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްސަކޮށް ހޯރަފުށީގެ ކައުންސިލާއި، ރަށުގެ އިސްބޭފުޅުންނާއި، އެކިއެކި ޖަމްޢިއްޔާތަކުން ރަށުގެ ރަތްޔިތުންނަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކާ  އެފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ  އެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.