ރާއްޖޭގެ ޚަބަރު

ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް: އޭސީސީ

ދަރިވަރުންތަކެއް އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކުރި ޖަލްސާއެއްގައި | ދިއިސްލާމް ފޮޓޯ: އަޝްވާގު

ދަރިވަރުންތަކެއް އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކުރި ޖަލްސާއެއްގައި | ދިއިސްލާމް ފޮޓޯ: އަޝްވާގު

ޒަކާތު ފަންޑުން ސްކޮލަޝިޕް ދިނުމުގައި އެންމެ ހައްގުވާ ފަރާތްތައް މަހްރޫމްވުމަށް ފުރުސަތު އޮތްނަމަވެސް ސްކޮލަޝިޕް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގާފައިނުވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

ޒަކާތު ފަންޑުން ސްކޮލަޝިޕަށް އެދުނު ކުދިން ޝޯޓްލިސްޓުކުރުމުގައި ހަމަޖެހިފައިވާ އުސޫލާ ހިލާފަށް ގިނަ ކަންކަން ހިންގާފައިވާ ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނެރުނު ބަޔާނުގައި އެ ކޮމިޝަނުން ބުނެފައިވަނީ މަތީ ތައުލީމް ހާސިލްކުރަން އެހީ އަށް އެދުނު ކުދިންގެ އެޕްލިކޭޝަންތައް ވަޒަންކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އެސީސީ ހާމަކުރައްވާފައިވާ ގޮތުގައި އެހީދޭނެ ކެންޑިޑޭޓުން ހޮވާނީ އިސްލާމިކް މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަނުގެ ބައިވެރިކަމާ އެކުގައި ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އިވެލުއޭޝަންގެ އެންމެ ފަހު މަރުހަލާގައި އިސްލާމިކް މިނިސްޓްރީ އާއި ޒަކާތު ކޮމެޓީ ބައިވެރިނުކޮށް، ހަޔަ އެޑިއުކޭޝަނުން އެކަނި ކުރިއަށް ގެންދިޔަކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްއިން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާކަމަށް ބައެއް ފަރާތްތަކުން މީގެ ކުރިން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންނަމަވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ އެކަން ދޮގުކުރައްވާފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ރާއްޖޭގެ މާލީ ނިޒާމުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ދައުލަތާއި ކުންފުނުތަކާއި، ފަރުދުން ދަނީ ބަންގުރޫޓު ވަމުން، ދައުލަތާއި ކުންފުނިތަކުން މަހުމުސާރަ މުވައްޒަފުންނަ ދީފަ އިތުރަށް ދޭނެ ފައިސާއެއް ގިނަފަހަރު މަސްނިމޭއިރަކު ނުހުރޭ، ދެން ކިހިނެއްތޯ ޕެންޝަންފައިސާ ދެނީ ގިނަފަހަރު ދަރަނިން ދައުލަތާއި ކުންފުނިތަށްވެސް ހިންގަނީ، ޓެކުސްގެ ނިޒާމުގެ ސަބަބުބް މުދަލާއި ބާޒާރުގައި މުދަލުގެ އިހުތިކާރު އުފެދު، މުދަލުގެ އަގުބޮޑުވެ ގަތުން މަދުވެ ސަޕުލައި މަދުވުމުގެ ސަބަބުން ވިޔަފާރި ދައްވެ ޓެކުސްލިބުން މަދުވެ ވިޔަފާރިވެސް ބަންގުރޫޓުވާ ހިސާބަތްވެސް އެބަދޭ، މިހުރިހާ ކަމެއްގެ ހައްލަކީ ދައުލަތުގެ މާލީ ނިޒާމު އިސްލާމީ އުސޫލުން ބައްޓަންކުން އިސްލާމިކު ފައިނޭސް، އިސްލާމިކް އިޤުތިސާދެއް ބާޒާރުގައި އުފެދުން، ބައިތުލް މާލުގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުން، ދަްުލަތުގެ މުދާ ދައުލަތަށް ފައިދާ ހުރިގޮތަށް އިންވެސްޓުކޮށް އިސްތިސްމާރުކުރުން!

  2. ޒަކާތު ފަންޑުން ސްކޮލަޝިޕް ދޭއިރު އިސްލާމިކް މިނިސްޓްރީ ބައިވެރިނުކޮށް ތިކަން ކުރުމަކީ ރަގަޅު ގޮތެއްނޫން

  3. ވަގުންނަށް ހީވާނީ ދެންވެސް ތިބެނީވަގުން ހެން ދޯ ؟

Your email address will not be published. Required fields are marked *