
ރަންދެލި މާލޭ އޮފީހުން ވައްކަން ކުރަނިކޮށް ރެކޯޑު ކުރެވިފައިވާ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ ފޮޓޯތަކެއް
ކެނެރީ މަގުގައި ހުންނަ ރަންދެލި މާލޭ އޮފީސް ފަޅާލައި އެ އޮފީސްތެރެއަށް ވަދެ ގިނައަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި ތިން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިމަހުގެ 26 ވަނަ ދުވަހުގެރޭ ވަގުތެއްގައި އެއޮފީހުން ވަގަށް ނަގާފައިވަނީ 80،000 ދިވެހި ރުފިޔާއާއި 3،000 ޔޫއެސް ޑޮލަރެވެ.
އަދި މީގެއިތުރުން ފުލުހުންވަނީ މިމައްސަލައާ ގުޅުންހުރި ސީސީޓީވީ ފުޓޭޖްއެއް އާއްމުކޮށްފަ އެވެ. ހަމިނެޓްގެ މިވީޑިއޯއިން ފެންނަ 3 މީހުންނާއި އަދި އެ މައްސަލައާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ 3322111 ނުވަތަ 9911099 ނަންބަރާ ގުޅުއްވައި އެމަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
















advertisment
މީގަ މިއިން ވީޑިއޯ ބެލީމަ ހަަމަ ހެވެނީ… ހެހެ