ރާއްޖޭގެ ޚަބަރު އަމީރުލްޙައްޖު ފުރާވަޑައިގަތުމުގެ ކުރިން ޙައްޖުވެރިންގެ ޙާލުބައްލައްވައިފި

އަމީރުލްޙައްޖު ފުރާވަޑައިގަތުމުގެ ކުރިން ޙައްޖުވެރިންގެ ޙާލުބައްލައްވައިފި

އަމީރުލްޙައްޖު ފުރާވަޑައިގަތުމުގެ ކުރިން ޙައްޖުވެރިންގެ ޙާލުބައްލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާއިން ޝަފީޢު ޢަބްދުﷲ

މިއަހަރު ދިވެހި ޙައްޖުވެރިންގެ އަމީރުލްޙައްޖުގެ ގޮތުގައި ޙައްޖަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރ އޮނަރަބަލް މުޙައްމަދު ނާޒިމް މައްކާގައި ޙައްޖުވެރިން ތިބޭ ހޮޓާތަކަށް ޒިޔާރަތްކުރައްވާ ޤުރޫޕުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ދިވެހި ޙައްޖުވެރިންގެ ޙާލުބައްލަވާލައްވާފައެވެ.

މީގެ ކުރިންވެސް އަމީރުލްޙައްޖު މުޙައްމަދު ނާޒިމް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ޙައްޖުވެރިންނަށް ޒިޔާރަތްކުރައްވާ ޙައްޖުވެރިންގެ ޙާލުބައްލަވާލައްވާފައެވެ. އެގޮތުން، މިނާގައި ދެފަހަރު އަދި މައްކާގައި ދެފަހަރެއްގެ މަތިން ވަނީ  ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާފައެވެ. މިނާގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޤުރޫޕްތަކުގެ އިސްވެރިންނާއި ދިވެހި ޙައްޖު މިޝަނުގެ އިސްވެރިންނާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވާ، ދިވެހި ޙައްޖުވެރިންނަށާއި ޤުރޫޕްތަކަށް ދިމާވާ ދަތިތަކާއި އެކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަމީރުލް ޙައްޖު މުޙައްމަދު ނާޒިމް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މައްކާ ގަޑިން މިރޭ 8:30 ގައެވެ.

ޓެގް

ޙައްޖު ޤުރޫޕް ޙައްޖުވެރިން އަމީރުލްޙައްޖު ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް މައްކާ ޙައްޖު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.