“އިނގިރޭސިން ހެދިގޮތަކީ ކުޑަތަންކޮޅެއް ދެކުނަށް ޖެހިލީއެވެ. ފޯޅަވައްސަކީ ރާއްޖޭގެ ސިޔާސީ ސަރަޙައްދަކަށް ނުވިކަމީ ދިވެހިންގެ ނަޞީބެވެ.”
ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް އެރި އޮތްއޮތުން ނިމުމަކަށް އައި ތާރިޚީ ދުވަހަކީ ދިވެހިން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާދުވަހެވެ. ވެލާނާގޭ އިބްރާޙީމް ނާޞިރުގެ މޭސްތިރިކަމުގެ ދަށުން ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ދެކެވުނު މަޝްވަރާ ވާހަކަތަކަކަށް ފަހު ދިވެހިރާއްޖެ އިނގިރޭސި ދަޢުލަތުގެ ކިބައިން މިނިވަންކޮށްދިންކަން ބަޔާންކޮށް އެކުލަވާލި އެއްބަސްވުމުގައި ސޮއި ކުރެވުނީ ޖުލައި 26، 1965 ވަނަ އަހަރުއެވެ.
އިނގިރޭސިން ދިވެހި ރާއްޖެ ހިމާޔަތްކޮށްދިނުމުގެ ނަމުގައި އަޅުވެތިކުރީ ވަރަށްވެސް މުޙިންމު ބޭނުމެއްގައެވެ. އޭސިޔާ ސަރަހައްދަށް އަތްގަދަކުރުމުގެ ބޭނުމުގައެވެ. ދިވެހި ރާއްޖެ އަކީ ޖިއޯގުރަފިގޮތުންނާއި އަދި ރާއްޖެ އުފެދިފައި އޮތް ސަރަހައްދަކީ އަސްކަރީގޮތުން މި ސަރަހައްދުގައި އިނގިރޭސިން އަތްގަދަކުރުމަށް ނުހަނު މުޙިންމު ތަނެކެވެ. މިގޮތުން އިނގިރޭސިން ރާއްޖެ އަރާ އައްޑުއަތޮޅުގައި އެމީހުންގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރިއެވެ. އަދި ރާއްޖޭގެ އުތުރުގެ ރައްތަކުގައިވެސް އިނގިރޭސި ސިފައިން ދިޔައީ އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
އިނގިރޭސިންގެ މި ހުދުމުހުތާރު ޢަމަލުތަކަށް ދިވެހި ރައްޔިތުން އޭރު ތިބީ ރުހިގެެނެއްނޫނެވެ. ހުދު އެއީ ދިވެހި ސަރުކާރުވެސް ބޭނުންވާ ގޮތެއްނޫނެވެ. ނަމަވެސް އިނގިރޭސިންގެ ކުރިމަތީގައި ދިވެހި
ރާއްޖެ ކުޑަކަކޫޖެހުން ނޫންގޮތެއް އޭރު ނެތެވެ.
އިނގިރޭސިން އައްޑޫ ދޫކޮށް ފައިބާކަން ނުވިސްނައެވެ. މިކަން އެނގެނީ އައްޑުއަތޮޅު ގަން 100 އަހަރަށް އިނގިރޭސިންނަށް ކުއްޔަކާނުލާ “ހިލޭ” ދިނުމަށް އެއްބަސްވެ ދިވެހި ސަރުކާރާއެކު އެގްރިމަންޓެއް ހަދަން މަސައްކަތްކޮށްފައިވާތީއެވެ. ނަމަވެސް އޭރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުން އެ އެގްރިމަންޓުގައި އޮތް 100 އަހަރުގެ މުއްދަތު 30 އަހަރަށް ކުޑަކޮށް ފާސްކުރުމުން ދިވެހި ސަރުކާރުންވަނީ އެ އެގްރިމަންޓު އިނގިރޭސި ސަރުކާރާއެކު އާކޮށްފައެވެ. ނަމަވެސް އެގްރިމަންޓު އާކުރިތާ 10 އަހަރު ނުވަނީސް އިނގިރޭސިންވަނީ ރާއްޖެއިން ފައިބާފައެވެ. ނަމަވެސް އަސްލުގައި އިނގިރޭސިން ހެދިގޮތަކީ ކުޑަތަންކޮޅެއް ދެކުނަށް ޖެހިލީއެވެ. ފޯޅަވައްސަކީ ރާއްޖޭގެ ސިޔާސީ ސަރަހައްދަކަށް ނުވިކަމީ ދިވެހިންގެ ނަޞީބެވެ. ނޫންނަމަ މިއަދުވެސް އިނގިރޭސިން ތިބޭނީ ދިވެހި ރާއްޖެ އަޅުވެތިކޮށްގެންނެވެ.

















ދުނިޔޭގެ ޤައުމުތަކުގައި ހިންގާ ދާހިލީ ހަންގުރާމަޔާއި ފިތުނަފަސާދައިގެ އަޑީގައި އަބަދުވެސް ތިބެނީ އިންގިރޭސިން، އިންގިރޭސިން ކައިބޮއި އުލޭނީ ހަގުރާމަކޮށް އިންސާނުން އަޅުވެތި ކޮއްގެން، އިންގިރޭސިން އަޅުންގެ ގޮތުގައި ގެންގުޅުނު ގައުމު ތަކުގައި މިހާރު އާކުޑައެއް ޖަހައިގެން އުޅެނީ ” ކޮމަންވެލްތު ” ކޮމަންވެލްތު ޖަމުއްޔާގެ ހުރިހާވެސްބޭނުމަކީ މިޤައުމުތަކުގައި ނަސާދީން ހިމާޔައްކުރުމާއި ނަސާރާ ދީންކުރިއެރުވުމާއި، ނަސާރާ ދީނުގެ މީހުނަށް ވާގިވެރިވުން، ދުނިޔޭގައި ދެން އެންމެ ބޮޑު ޖަމުއްޔާކީ “އދ” މީ ޔަހޫދީ އެމެރިކާ ގަދަބާރުން ދުނިޔޭގައި އުޅޭން ގައުމުތަށް އަޅުވެތިކުރަން ހަދައިގެން އުޅޭ ޔަހޫދީންގެ ޖަމުއްޔާއެއް މިޖަމުއްޔާގެ ބޭނުމަކީ ދުނިޔޭގައި ޔަހޫދީންގެ މަސްލަހަތު މެންބަރު ޤައުމުތަކުގައި ހިމާޔައްކުރުން! އެމެރިކާ ބޭނުންގޮތަކަށް ދުނިޔެ ބައްޓަންކޮއް އިންސާނުން މަގުފުރެއްދުން!