ރާއްޖޭގައި ތިބެގެން ގުރުއާނުގެ އެކިއެކި ދާއިރާތަކުން އޮންލައިންކޮށް ޑިގްރީ ކޯސް ހެދުމުގެ ފުރުސަތު ހުޅުވާލާނެކަމުގައި އިންސްޓިޓިއުޓް އޮފް ހޮލީ ޤުރުއާން އިން ހާމަކޮށްފިއެވެ.
އެ އިންސްޓިޓިއުޓް ގެ އިސްފަރާތަކުން ހާމަ ކުރިގޮތުގައި އޮންލައިންކޮށް ޑިކްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަންނަ އަހަރުންފެށިގެން ދާނެކަމަށާއި އަދި ޑިޕްލޮމާ އޮތް ކޮންމެ ބޭފުޅަކަށް ވެސް ޑިކްރީ ކޯސްތަކުގައި ބައިވެރިވެވޭނެކަމަށެވެ. މީގެ އިތުރުން ޑިޕްލޮމާ ކޯސްތަކާއި އަދި ވެސް ހުރިހާ އުމުރު ފުރާއަކަށް ގުރުއާން ކިޔަވާދިނުމުގެ މަސައްކަތް ވެސް ކުރެވުމުން ދާކަމަށް އެ އިންސްޓިޓިއުޓުން ވިދާޅުވިއެވެ.
ރާއްޖޭގައި ތިބިގެން ގުރުއާންގެ ދާއިރާއިން ޑިގްރީ ހާސިލްކުރުމަށް ފުރަތަމަ ހުޅުވާލެވޭ ފުރުސަތުގައި ކޯސް ކުރިއަށް ދާނީ އެއިންސްޓިޓިއުޓްގައި ތިބެގެން ސްކައިޕް މެދުވެރިކޮށް ކަމަށެވެ.
ދިއިސްލާމަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އިންސްޓިޓިއުޓް ހުންނަނީ ޗާދަނީ މަގުގައެވެ.

















advertisment
ޑިޕްލޮމާ އޮންލައިން ކޮށް ނުހެދޭނެތޯ؟
ރާއްޖެތެރޭ ރަށްރަށުގާ ތިބި ދަރިވަރުންނަށް ހައްދުފަހަނަ އަޅާފައިވާ މާލެއަށް ނުގޮސް ކޯހެއް ހެދޭނީ ކޮންދުވަހަކުންބާ
ރާއްތެރޭގައި ތިބިމީހުންނަށް ޤުރުއާން ޑިގްރީގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެތޯ؟
މިތަނާއި ގުޅޭނެ ނަންބަރެއް ލިބިދާނެތޯ ނޫނީ އީމެއިލް އެޑްރެހެއް ނަމަވެސް ލިބިދާނެތޯ