ރާއްޖޭގެ ޚަބަރު ސިސިލްފަރު ހައްޖު އުމްރާ ގުރޫޕުން ހައްޖައް ދިޔަ އަންހެނަކު ގެއްލިގެން ހޯދަންފަށައިފި

ސިސިލްފަރު ހައްޖު އުމްރާ ގުރޫޕުން ހައްޖައް ދިޔަ އަންހެނަކު ގެއްލިގެން ހޯދަންފަށައިފި

ސިސިލްފަރު ހައްޖު އުމްރާ ގުރޫޕުން ހައްޖައް ދިޔަ އަންހެނަކު ގެއްލިގެން ހޯދަންފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިސިލްފަރު ހައްޖު އުމްރާ ގުރޫޕުގެ ވެރިޔާ (ކަނާއަތުން ފުރަތަމަ) | ފޮޓޯ : ދިއިސްލާމް

ސިސިލްފަރު ހައްޖު އުމްރާ ގުރޫޕުން ހައްޖައްދިޔަ އަންހެނަކު ގެއްލިގެން ހޯދަންފަށައިފިއެވެ.

ސައުދީގައި ހުރި ދިއިސްލާމުގެ ނޫސްވެރިޔަކު މައުލޫމާތު ދިންގޮތުގައި "ގެއްލިފައި ވަނީ ގ. ލިސާން، ސާރާ އާދަމް ކަމަށާއި އޭނާ ގެއްލުނީ އަރަފާތު ބިމުގައި ހުއްޓައި"ކަމަށެވެ. އިއްޔެ ހަވީރު އަރަފާތު ބިމުގައި ހުރެފައި ސާރާ ފާހަނާއަށް ދިޔަފަހުން އެބުރިނާންނަކަމަށް ދިއިސްލާމްގެ ނޫސްވެރިޔާ ބުންޏެވެ.

”އިތުރު ދެމީހަކުވެސް ގެއްލުނު. ނަމަވެސް މިހާރު އެދެމީހުން ފެނިއްޖެ. މިކޮޅުގައި ކިޔަވާކުދިންނާއި ގުރޫޕްތަކާއި ހަވާލުވެ ހުންނެވި އިސްފަރާތް ތަކާ ގުޅިގެން މިހާރު ސާރާ ހޯދަމުން ދަނީ.“ ދިއިސްލާމްގެ ނޫސްވެރިޔާ އިތުރަށް ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވަނީ  ދިވެހި ހައްޖު ގުރޫޕްތަކާއި އެމްބަސީ އަދި މަދީނާގައި ތިބި ދިވެހި ކިޔަވާކުދިން ގުޅިގެން ސާރާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިކަން އިސްލާމިކް މިނިސްޓަރު ދިއިސްލާމް އިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

 

ޓެގް

ހައްޖު 1433

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.