މިޔަންމާގައި ހިނގާދިޔަ ހަމަނުޖެހުން ތަކުގައި 67 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ސަރުކާރުގެ އޮފިޝަލަކު ހާމަކޮށްފިއެވެ.
ހަމަނުޖެހުންތަށް ހިނގައިދިޔަ ރަޚިން އަވަށުގެ ސްޕޯކްސްމަން ހުކުރު ދުވަހު 112 މީހުން މަރުވެފައިވާކަމަށް ހާމަކޮށްފައިވިނަމަވެސް ފަހުން ވަނީ އެއަދަދު ތިރިކޮށްފައެވެ. ފަހުން ހިނގަންފެށި ހަމަނުޖެހުންތަކުގައި މަދުވެގެން 75000 މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ތަންތަނަށް ބަދަލުވެފައެވެ. އަދި ސްޓޭޓް މީޑިއާއިން ހާމަކުރިގޮތުގައި އެންމެ ފަހުން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މަދުވެގެން 2000 ގެދޮރާއި 8 ދީނީ އިމާރާތް ހަލާކުވެފައިވާކަމަށާއި މަދުވެގެން 100 މީހުންނަށް އަނިޔާވެފައިވެއެވެ.
ޖޫން މަހުގައި ހިނގައިދިޔަ ހަމަނުޖެހުން ތަކުގައި މަދުވެގެން 90 މީހުން މަރުވެ، 3000 ގެދޮރު ހަލާކުވެފައިވެއެވެ. އަދި އޭރުއްސުރެ ގާތްގަނޑަކަށް 75000އެއްހާ މީހުން ދިރިއުޅެމުން އަންނަނީ ރެފިއުޖީ ކޭމްޕުތަކުގައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...