ރާއްޖޭގެ ޚަބަރު

ޢީދު ނަމާދު ކުރާ ސްޓޭޑިއަމް ސަރަޙައްދަށް އެކި ގޮތްގޮތުން އެހީތެރިވުމުގެ ފުރުސަތު އެބައޮތް: އިސްލާމިކް މިނިސްޓްރީ

މިދޔަ ޢީދު ނަމާދަށް މީހުން ޖަމާވަނީ. | ދިއިސްލާމް ފޮޓޯ: މިއުވާން

މިދޔަ ޢީދު ނަމާދަށް މީހުން ޖަމާވަނީ. | ދިއިސްލާމް ފޮޓޯ: މިއުވާން

މިއަހަރުގެ ޢަޟްޙާ ޢީދު  ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން  މިކަން ހާމަކުރައްވާފައިވަނީ އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސަދުﷲ ޝާފިއީ ވިދާޅުވީ މިދިޔަ ފިތުރު ޢީދު ނަމާދަށް  ތައްޔާރުވުމުގައިވެސް އެކި ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އަދި މިފަހަރު ޢަޟްޙާ ޢީދު ދުވަހު  އޮންނަ ހަދިޔާ ބަދަލުކުރުމާއި .ހިލޭސާބަހަށް ކުރަންޖެހޭ މަސައްކަތްތަކަށް  އެޙީތެރިވުމުގެ ފުރުސަތު ޢާންމުކޮށް ހުރިހާ ބޭފުޅުންނަށްވެސް ހުޅުވާލައިފާވާ ކަމަށެވެ

ޢަޟްޙާ ޢީދު ނަމާދަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުގެ  އެކި އެކި މުޢައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންގެ އެއްބާރުލުން މިހާރުވެސް ލިބެމުންދާކަމަށް އެމަނިކުފާނުވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި އެކަން ރޭވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށްވެސް ހުރިހާބޭފުޅުންގެ ކިބައިން އެދިވަދައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސްކައުޓް އެސޯސިއޭޝަން، ނޭޝަނަލް ކެޑޭޓް ކޯއާއި، ޔޫތު މިނިސްޓްރީގެ އިތުރުން ސިޓީ ކައުންސިލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މަޝްވަރާގެމަތިން ކުރެވޭ ކަންކަމުގައި ﷲސވޢ ބަރަކާތް ލައްވާނެކަމަށް ވެއެވެ. މި ގައުމުގައި ރަނގަޅުކުރަންޖެހޭ އެންމެހައި ކަންކަން އިސްލާމްދީނުގެ ޢިލްމް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ މަޝްވަރާގެމަތިން ޙައްލުކުރަންއުޅުއްވާނަމަ އިންޝާﷲ އެކަން ޙައްލު ވާނެކަން ކަށަވަރެވެ. އިސްލާމްދީނުގެ ޢިލްމްވެރިން އެއްތަނަކަށްއެއްވެ މަޝްވަރާކުރައްވައި ނިންމަވާކަމެއްގައި ﷲސވޢ ބަރަކާތްލައްވާނެކަމަށް ވެއެވެ. މިއަދު ޢީދުނަމާދު ކުރަން ގިނަބަޔަކު ސްޓޭޑިއަމަށް އެއްވާތަން ފެނިފައި ޝައިތޯނުންގެ ހިތްތަށް ކުދިކުދިވާނެކަން ކަށަވަރެވެ. މައިދާނުގައި އަޑުހަރުކުރައްވައި ތަކްބީރު ކިއުމަށް އެންމެހައި މުސްލިމުންނަށް ގޮވައިލަމެވެ.

Your email address will not be published. Required fields are marked *