އަރިއަތޮޅު އުތުރުބުރީ ހިމަންދޫގައިވެސް އީދު ނަމާދު ކުރާނީ ހުސްބިމެއްގައި ކަމައް އެރަށު ކައުންސިލްއިދާރާއީން ހާމަކޮށްފިއެވެ.
ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ކައުންސިލް އިދާރާގެ ރައީސް އަލީ ނަސީރު ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖެއްސީ ގިނައަދަދެއްގެ ރައްޔިތުން އެކަމައް އެދުމުން ކައުންސިލް އިދާރާއިން އިސްލާމިކް މިނިސްޓްރީއާ މަސްވަރާ ކުރުމައްފަހުގައެވެ.
އީދު ނަމާދު ކުރުމަށް ހަމަޖައްސާފައި ވަނީ ރަށުގެ ބޯޅަދަނޑު ސަރަހައްދުގައި ކަމަށާއި މިކަން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރައް ބޮޑަށް ލިބެމުންދާކަމަށް ކައުންސިލް އިދާރާގެ ރައީސް ވިދާޅު ވިއެވެ.
އަދި މީގެއިތުރުން މިފަހަރު އެރަށުގައި އިމާމުވެ އީދުނަމާދު ކުރައްވާނީ އައްޝައިޚް މުޙައްމަދު ޠައްޔިބު ބިން ޢަބްދުލް ޙަކީމް ކަމަށް ކައުންސިލް އިދާރާއިން ހާމަކުރެއެވެ.
ހިމަންދޫގައި އީދު ނަމާދަށް ތައްޔާރުވަމުން ދާއިރު ހުސްބިމެއްގައި އީދުނަމަދު ކުރުމާއި މެދު ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަށުކައުންސިލްއިދާރާއިން އިންތިޒާމް ކޮއްގެން މިއަދު މެންދުރު ނަމާދައްފަހު އެރަށުގައި ދަރުހެއް ވަނީ ބާއްވާފައެވެ.

















advertisment
ރާއްޖޭގައި އަމަލުނުކުރެވި އުވިގެންގޮސްފައިމިވާ ސުއްނަތް ދިރުވާ އާލާ ކުރުމަކީ ވަރަށް ރަގަޅު ކަމެއްކަމަށް ދެކެނީ.