ރާއްޖޭގެ ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވާނެ ގޮތަކާ މެދު މަޝްވަރާކުރަނީ

ހެލްތު މިނިސްޓަރ ޑރ. ޖަމްޝީދު | ފޮޓޯ: ހަވީރު

ހެލްތު މިނިސްޓަރ ޑރ. ޖަމްޝީދު | ފޮޓޯ: ހަވީރު

ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވާނެ ގޮތަކާ މެދު މަޝްވަރާކުރަމުން ދާކަމުގައި ހެލްތު މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ވެލާނާގޭ ޕްރެސް ރޫމްގައި ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމްޝީދު ވިދާޅުވީ "ރަޖިސްޓްރީ ނުކޮށް އެކި ނަންނަމުގައި ހިންގާ ތަންތަނުގައި ކުރިއަށް ގެންދާ ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް އިކޮނޮމިކް މިނިސްޓްރީއާ އެކު މަޝްވަރާކުރަމުން ދާކަމަށާއި އަދި މި ހަފުތާ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދުކުރައްވާ" ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ "ހަށިވިއްކާ ތަންތަން ބަންދުކުރުމުގެ މައްސަލައިގައި އެކި ފަރާތަތްކުން އޭނާއާ ސުވާލުކުރާ ކަމަށާއި އެހެން ނަމަވެސް އެތަންތަންތަނަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަން ނޫން ކަމަށާއި މިނިސްޓްރީ އޮފް ހެލްތުން ހުއްދަ ދޭ ތަންތަނަކީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި ދިވެހި ބޭހާއި އޯލްޓަނޭޓިވް ބޭހުގެ ފަރުވާގެ ހިދުމަތްދޭ ތަންތަން"ކަމަށެވެ. މިގޮތުން "ފުލުހުން ބަންދު ކުރާތަންތަނަކީ އަމިއްލަ ގޭގައި ބޯޑު ހަރުކޮށްގެން ބިއުޓީ ސެލޫންގެ ނަމުގައި ހިންގާތަންތަންކަމަށް ވެސް" މިނިސްޓަރ ވިދާޅުވިއެވެ. އަދި "މިތަންތަންނުން ޙިދްމަތް ހޯދާ ފަރާތްތަކަކީ ދިވެހިން ކަމަށާއި މިއީ ވަރަށް ހިތާމަ ހުރިކަމެއް ކަމަށް" ވެސް ޑރ. ޖަމްޝީދު ވިދާޅުވިއެވެ. "ސަބަބަކީ އެތަންތަން ބޭނުންކުރާ މީހުންނަށް އެ ވަދެވެނީ ކިހާވަރެއްގެ ނުރައްކަލެއްގެ ތެރެއަށް ކަން އެމީހުން ނުވިސްނޭތީ"ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ޖަމްޝީދު ވިދާޅުވީ "2008 ވަނަ އަހަރު ހަށިވިއްކާ ތަނަކުން އަތުލައިގަތް އަންހެނެއްގެ ގައިން އެޗްއައިވީ އެއިޑްސް ފެނުނުކަމަށާއި އެއިސްޑްސް ޖެހި ދިރިއުޅުން ބަނަވެގެން ދާއިރު އެފަދަ މީހުންގެ ސަބަބުން އެހެން އެތައް ބައެއްގެ ދިރިއުޅުން ވެސް ހަލާކުވާ ކަމާ މެދު އެފަދަ މީހުން ވިސްނަން ޖެހޭ"ކަމަށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ހަށިވިއްކުން ހުއްޓުވަން ޖެހެނީ ކޮންމެހެން އެޗްއައިވީ ޖެހިދާނެތީއެއްނޫން.އެއީ މުސްލިމުންނައް އެއްވެސް ހުއްދައެއްގެ ދަށުންކުރެވެން އޮތްކަމެއްނޫން،ދީނުގަމިކަންއޮތްގޮތައްމިނިސްޓަރ އަލިއަޅުއްވާލިނަމަ ވަރައްރަގަޅުވާނެ،ދިވެހިބޭސް ކުރާތަންތާގަވެސް ފުލްބޮޑީ މަސާޖް އޯކޭ އެއްނޫން އެހެންވީމަ އެތަންތަންވެސް ވަރައް ރަގަޅައް ބަލަންޖެހޭ.އާއިލާރޫޅުމާ ދިރިއުޅުންހަލާކުވުމަކީ މި ގައުމުގެ ގިނަ ބައެއްގެ ހޮބީތާ،އެކަނިވުމަކީ އެލަވަންސް ލިބޭކަމެއްވީމަވެސް ވާނީއެހެން،ދައްތަގެ ނަސޭހަތަކީ މިކަމާ އެންމެންވެސް ފުންކޮއް ވިސްނުން،އަލހުގަޑުމެންނަކީވިސްނާ ފިކުރުކުރާބއެްކަމުގަ ލައްވާށި.

Your email address will not be published. Required fields are marked *