ރުޤްޔާ ކޯސް 2012 ނިންމުމުގެ ޖަލްސާ މިރޭ

އައިޝާ މުނާ

ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް އާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުން އޮކްޓޯބަރ މަހު 20 ވަނަ ދުވަހަށް ކުރިޔަށް ގެންދިޔަ ރުޤްޔާ ޝަރުޢިއްޔާ (ޖިންނީގެ ސަބަބުންނާއި ނަފްސާނީ ގޮތުން ޖެހޭ ބަލިތަކަށް ޤުރުއާނާއި ސުންނަތުގެ އަލީގައި ފަރުވާ ކުރާނެ ގޮތް) ދަސްކޮށްދޭ ކޯސް ނިންމުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އެކަން އިންތިޒާމު ކުރާފަރާތުން ވިދާޅުވެއްޖެއެވެ. މިކޯހުގައި ކިޔަވައިދެއްވާފައިވަނީ ، އައްޝެއިޚް ޖަޢުފަރު ފާއިޒު، ޑރ.ޢިޔާޟް ލަޠީފް، އައްޝެއިޚް އިލްޔާސް ޖަމާލް، އައްޝެއިޚް މުޙައްމަދު ލަޠީފު، އައްޝެއިޚް މުޙައްމަދު ޠައްޔިބު، އަދި އައްޝެއިޚް ޙުސެއިން ޢަބްދުﷲ ސަޢީދުއެވެ.
ކޯސް އިންތިޒާމްކުރައްވާ ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި، ކޯސް ހިނގާ ދިޔައީ ވަރަށް ރަނގަޅު ރޫޙެއްގައި އެކުވެރި ކަމާއެކު ވަރަށް ކާމިޔާބުކަމާއި އެކީގައެވެ. އަދި ހުރިހާ ލެކްޗަރަރ އިންވެސް ވަރަށް ރަނގަޅަށް ކްލާސްތައް ގެންގޮސްދެއްވާފައިވާ ކަމަށް އެފަރާތުން  މަޢުލޫމާތުދެއްވައެވެ. ކޯހުގެ ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށާއި، ފޫހިކަމެއް ނެތި ކޮންމެ ރެއަކު ކްލާސްތަކަށް ހާޒިރުވެފައިވާކަމަށްވެސް ކޯޑިނޭޓަރުން މަޢުލޫމާތު ދެއްވައެވެ.

އެފަރާތުން ވިދާޅުވީ ކޯސް ވަރަށް ކާމިޔާބު
ކަމަށާއި ކޯހުގެ ނިންމުމުގެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި، މާފަންނު މަދަރުސާ ހޯލުގައެވެ. މިޖަލްސާގައި ޑރ. ޢިޔާޟް ލަޠީފުގެ ޚާއްޞަ ވާހަކަކޮޅެއް ހިމެނިފައިވާކަމަށް ކޯސް އިންތިޒާމްކުރެއްވި ފަރާތްތަކުން މަޢުލޫމާތު ދެއްވައެވެ. މިޖަލްސާގައި އަޚުންނާއި އުޚްތުންނަށް ބައިވެރިވުމުގެ ފުރޞަތު ވަނީ ޢާއްމުކޮށް ހުޅުވާލެވިފައެވެ.
ސްޕިރިޗުއަލް ހީލާރޒް އޮފް މޯލްޑިވްސް އާއި ޖަމްޢިއްޔަތުލް ބަޔާން ގުޅިގެން ހިންގި ރުޤްޔާ ކޯހުގެ މީޑިއާ ޕާރޓްނަރަކީ ދިއިސްލާމްއެވެ. އޮންލައިން ޕާރޓްނަރަކީ މައިތިރި.ކޮމް އެވެ. މިފަދަ ކޯސްތައް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އިތުރަށް ބާއްވާނެކަމަށް ކޯސް އިންތިޒާމްކުރެއްވި ފަރާތްތަކުން ދިއިސްލާމްއަށް މަޢުލޫމާތު ދެއްވިއެވެ.

ރުޤްޔާ ކޯހުގެ ކްލާސްތަކުގެ ތެރެއިން (ވީޑިއޯ)

އެހެން ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.