މިދިޔަ ހުކުރުދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަތުރުވެރިން އުފާކޮށް ދިނުމަށްކަމަށް ބުނެ އިސްލާމް ދީނާއި ނުގުޅޭ އާދަކާދަތަކާއި ޘަޤާފަތްތަކުގެ ޢަމަލްތައް ނުހިންގުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަބުދުލް މަޖީދުއަބުދުލް ބާރީ ގޮވާލައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރ މިމޭރުމުން ވަހަކަ ދެއްކެވީ ވިލުރީފް ރިސޯޓުގައި ޓޫރިސްޓު ދެމަފިރިއަކަށް ދިވެހި ސަޤާފަތާ ގުޅޭ ގޮތަށް ރަމްޒީ ކައިވެންޏެއް ކޮށްދޭން ކަމަށް ބުނެ، އެ ރިސޯޓްގެ މުވައްޒަފުންތަކެއް، ޓޫރިސްޓް ދެމަފިރިއަކާ ދިމާއަށް އެކަށީގެން ނުވާ ހުތުރު ބަހުން ފުރައްސާރަކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އިސްލާމިކް މިނިސްޓަރ މިގޮތައް ގޮވާލައްވާފައިވާއިރު ރައީސްލްޖުމުހޫރިއްޔާ ވިދާޅުވީ ބިދޭސީން ރާއްޖޭގައި ކުރާ އެފަދަ ރަމްޒީ ކައިވެންޏާއި ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ސީދާ އެ މަނިކުފާނުގެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ތެރޭގައި އެފަދަ ގަވާއިދެއް އެކުލަވާލައްވައި ސަރުކާރުން ޢާންމު ކުރައްވާނެ ކަމަށެވެ.
ރަމްޒީ ކައިވެންޏާއި ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ސީދާ އެ މަނިކުފާނުގެ ބެއްލެވުމުގެ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ތެރޭގައި އެފަދަ ގަވާއިދެއް އެކުލަވާލައްވައި ސަރުކާރުން ޢާންމު ކުރައްވާނެކަމަށް ރައިސްލުޖުމުހޫރިއްޔާ ވިދާޅުވެފައިވާއިރު ދިވެހި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ޤާނޫނޫ ވަނީ ރައިސްލުޖުމުހޫރިއްޔާ އޮފީހުގައެވެ. ނަމަވެސް އެޤާނޫ އަދިވެސް ތަންފީޒު ކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...