އޭޝިއާ އިންޑިއާގައި އަމިއްލައަށް މަރުވާ ޒުވާނުންގެ ނިސްބަތް އިތުރުވަނީ

އިންޑިއާގައި އަމިއްލައަށް މަރުވާ ޒުވާނުންގެ ނިސްބަތް އިތުރުވަނީ

އިންޑިއާގައި އަމިއްލައަށް މަރުވާ ޒުވާނުންގެ ނިސްބަތް އިތުރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގައި އަމިއްލައަށް މަރުވާ ޒުވާނުންގެ ނިސްބަތް އިތުރުވަމުންދާކަމަށް އިންޑިއާގެ 'ސުއިސައިޑް އާއި ބެހޭ' ރިޕޯޓްތަކުން ދައްކައިފިއެވެ.

އުމުރުން އެންމެ 11 އަހަރުގެ ނޭހާ އަކީ އިންޑިއާގެ ފަހުގެ ތާރީހްގައި އަމިއްލައަށް ދަންޖެހި މަރުވެފައިވާ އެންމެ ހަގު ކުއްޖާއެވެ. މިއަހަރުގެ ޖެނުއަރީ 26 އާއި ހަމައަށް 32 މީހުންވަނީ އިންޑިއާގައި އަމިއްލައަށް މަރުވެފައެވެ. އެއީ ދުވާލަކު މީހެއްގެ ރޭޓަށް ވުރެވެސް މަތީ އަދަދެކެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އިންޑިއާގައި އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް 2009 ވަނަ އަހަރު ވަނީ ކޮންޓްރޯލް ނުކުރެވޭހާ މައްޗަށް ގޮސްފައެވެ. ގާތްގަޑަކަށް އިންޑިއާގައި އަހަރަކު 1 ލައްކަ މީހުން އަމިއްލައަށް މަރުވާކަންވަނީ ރިކޯޑްތަކުން ހާމަވެފައެވެ. 'އަމިއްލައަށް މަރުވުން' އެއީ އިންޑިއާގެ އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ހިމެނޭ އެއް ސަބަބެއް ކަމަށްވެސް އިންޑިއާގެ ސަރުކާރުގެ ދިރާސާތަކުން ދައްކައެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު އަމިއްލައަށް މަރުވަން ދިމާވާ އެންމެ ބޮޑު ސަބަބަކީ 'އިމްތިހާނުތަކުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ކުރިމަތިވާ ގޮން ޖެހުންތަކުގެ ސަބަބުން' ކަމަށްވަނީ ބެލެވިފައެވެ. އަދި އިމްތިހާނުތަކުގެ ސަބަބުން ދިމާވާ 'ޕްރެޝާ'ތަކުގެ ސަބަބުން ގިނަ ޒުވާނުން ފުރާނަ ދުއްވާލާކަމަށް ކަމާއިބެހޭ ދިރާސާ ކުރާ ބޭފުޅުން ހާމަކުރެއެވެ.

ޓެގް

ލާއިންސާނީ މަރު އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.