ކުރީގެ ރައީސް ނަޝީދު ކޯޓު ހާޒިރުވުމަށް އެންގި އެންގުމަށް ތަބާނުވުން ފުލުހުން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމުގައި އެކަށީގެން ނުވާ ބާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން އެކަން ކުށްވެރިކޮށްފި އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރުކުރި އިރު އެކަމާއި ހުރަސް ނާޅާކަމަށާއި އަދި ސަޕޯޓަރުން ވެސް ފުލުހުންނަށް ހުރަސް ނާޅާއިރު ފުލުހުން ހަމަނުޖެހުން ހިންގި ކަމަށާއި އަދި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމުގެ މޫނަށް ޕެޕާ ސްޕްރޭ ޖެހިކަމަށް ވެސް ރިޕޯޓްތައް ލިބިފައިވާކަމަށް އެމްނެސްޓީންގެ ފަރާތުން ރިސާޗަރު އައްބާސް ފާއިޒު މިބަޔާނުގައި ބުނެފައިވެއެވެ.
މިބަޔާނާއި ގުޅިގެން ފުލުހުން ބުނީ އެ ބަޔާނަކީ ދެފަރާތުގެ ބަހެއް ނުހޯދައި ނެރެފައިވާ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައިވާ ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނުގައި ވަނީ ހަޤީގަތާއި ހިލާފު ވާހަކަ ކަމަށެވެ. ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވި އިއްޔެގެ އޮޕަރޭޝަނުގައި ޕެޕަސްޕްރޭ ނުވަތަ ޓިއަގޭސް ފަދަ އެއްވެސް އެއްޗެއް ފުލުހުން ބޭނުންކޮށްފައި ނުވާކަމަށެވެ..
އެމްނެސްޓީ އިންޓަނޭޝަނަލް އިން އެއްފަރާތަކަށް ޖެހިގެން އެފަދަ ބަޔާނެއް ނެރެފައި ވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ހަނީފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ބަޔާން ނެރުއްވާ އިރު ސައްޙަ މައުލޫމާތު ހިމެނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްނެސްޓީންއިން ވަނީ ރައީސް ނަޝީދާ ދެކޮޅަށް ކުރަން އުޅޭ ޝަރީއަތަކީ ސިޔާސީ ޝަރީއަތެއް ކަމަށް ވެސް ކަމަށް ބުނެ ތުހުމަތުކޮށްފައި ވެއެވެ.

















advertisment
ތީ ހައިރާންވާ ކަމެއް ނޫން ނަޝީދުވެސް ބުނާނެ އެހެން
މާތްކަލާކޯ ތިޔައޮތީ ބޮޑުތާޖެހިފައި އެމެނެސްޓީ އަކީ ކުޑަވަރެއްގެ ކަލާނގެއެއް، އެހެންނޫންނަސް އެމީހުންނަކީ އިންސާފެއް އަދި ކަމުގައި ހައްދެއް އޮންނަ ބައެއް ނޫން. ވަކިފިކުރަކަށް ވިކުމަކީ އެމެނިސްޓީގެ އިންސާފު. ވަރަށް އުދަގޫވާނެ އެމީހުންނަށް ޚަރަދުކުރާމީހުންގެ އަނިޔާތައް ބަޔާންކުރަން އަދި އެމީހުންގެ އެޖެންޑާ ޕްރޮމޯޓް މީހުންގެ ވާޙަކަދައްކަން. ވީމާ އެމެނެސްޓީއިން ކުރީގެ ރައީސަކާމެދު އެބުނީ ހަމަރަނގަޅަށް
އެމެނެސްޓީ އިންޓޭޝަނަލްގެ ބަޔާންގައި، ޞައްޙަ މަޢުލޫމާތު އިސްލާމީ ޤައުމެއްގެ ރައްކާތެރިކަމާ ގުޅުން ހުރި ކަމެއް ދިނުމަކީ ވަރަށްވެސް ނާދިރުކަމެއް. އެދުނަކަސް ކުރާނެކަމެއްނޯންނާނެ
ތިޔަ އެމްނެސްޓީ އަކީ އެމްޑީޕީގެ ގޮތްޕެއް. އެއްވެސް އިތުބާރެއް ހުރި ބައެއ
އެމްނެސްޓީ އިންޓަރނޭޝަނަލް ހިއުމަން ރައިޓްސް ވޮޗް ކޮމަންވެލްތް ޔުނައިޓެޑް ނޭޝަންސް އަދި އެކިއެކި ނަންނަމުގައި އުފައްދާފައިވާ އިންޓަރ ނޭޝަނަލް ކޯޓް ތަކަކީ އިސްލާމީ ޤަޥްމު ތަކުގައި ހަމަނުޖެހުންތަށް އުފައްދާ “ލާދީނީ”ޙަރަކާތްތަށް ހިންގާ ފަރާތްތަކަށް ޙިމާޔަތް ހޯދައިދިނުމަށް އުފައްދާފައިވާ ތަންތަން، ކެނެރީގޭ ނަޝީދު އެފަތުރަނީ މިގްރޫޕްތަކުގެ ފަރުދާގެ ފުރަގަހުގައިވާ ޕްރޮޕެގެންޑާ، މީނާއަށް ދިވެހިސަރުކާރާއި ރައްޔިތުން ކިތައްމެ މާތްކޮށް ހިތްތެވިޔަސް މިކަލޭގެ މިޜައްޖޭގާ “ލާދީނީ” ހަރަކާތް ހިންގާހާ ދުވަހަކު މީނާގެ ޙިމާޔަތުގައި ޙައްޤެއް ބާޠިލެއް ހަމައެއް ލަމައެއް ޤާނޫނެއް ޤަޥާޢިދެއް ދޮގެއް ތެދެއް ނުބަލާ މިޖަމާޢަތް ތަކުން އުޅޭނެ..
ނަޝީދަކަސް، ހަސީނަކަށް ފުއްޕަންޔާ ގެންދާނީ ފުއްޕާ ސޮހުލުން ގެންދަގޮތަށް ……