"ތަންފީޒް" ގެ ނަމުގައި ޒުވާނުންތަކެއް އިސްނަގައިގެން ސުލްޙަވެރި ހިންގާލުމެއް ބޭވުމަށްޓަކައި ތައްޔާރުވަމުން ދާކަމުގެ ޙަބަރު ދިއިސްލާމަށް ލިބިއްޖެއެވެ.
"ތަންފީޒް" ކުރުމަށް ގޮވާލާ ހަދައިފައިވާ ފޭސްބުކް ގުރޫޕްގައި ހާމަކޮށްފައި ވާ ގޮތުގައި މިހިންގާލުމުގެ މަޤްސަދަކީ ދިވެހި ރާއްޖެއަކީ ސައްތައިން ސަތައް މުސްލިމު ޤައުމަކަށް ވެފައި ރާއްޖޭގައި އިސްލާމީ ސަރީޢަތް ނުހިންގާތީ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި އަދި ސަރުކާރަށާއި ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް ދިވެހިން ބޭނުވަނީ އިސްލާމީ ސަރީޢަތްކަން ހާމަ ކޮށް ދިނުމުގެ ގޮތުން ބާއްވާ ހިންގާލުމެއްކަމަށް ލިޔެފައެވެ.
މިހިންގާލުމުގައި އިންތިޒާމް ކުރާ ފަރާތްތަކުން ހާމަ ކުރިގޮތުގައި "އިސްލާމީ ސަރީޢަތް ތަންފީޒް ކުރަން ބޭނުންކަމަށް ލިޔެ ބައިވެރިން ސޮއި ކޮށްފައިވާ ސިޓީއެއް ރާއްޖޭގެ ރައީސުލް ޖުމްހޫރިޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އަދި ރާއްޖޭގެ އުއްތަމަ ފަޑިޔާރަށް ފޮނުވަން ހަމަޖެހިފައިވާ"ކަމަށެވެ. "ތަންފީޒް" ގްރޫޕުން ހާމަ ކުރިގޮތުގައި މިހިންގާލުމުގައި އެފަރާތުން ބޭނުންވަނީ ކުރީ ސަފުގައި ދީނީ ޢިލްމުވެރިން އަމީރުންގެ ގޮތުގައި ބޭތިއްބުމަށް ކަމަށާއި ސަބަބަކީ އަމާންކަމާއި އެކީ އިސްލާމް ދީނުގައި ވާގޮތުގެ މަތިން ހިންގާލުން ކުރިއަށް ގެންދަން ބޭނުންވަތީ ކަމަށް ގްރޫޕްގައި ލިޔެފައިވެއެވެ. އިތުރަށް ލިޔެފައިވަނީ މިއީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމުން ދީނީ ގޮތުން ޢިލްމު ހާޞިލްކޮށްފައިވާ ބޭފުޅުން އެއްބާރު ލެއްވުން ވާނީ މިކަމަށް އިތުރުވާ ބޮޅެއް ކަމެއް ކަމަށެވެ. މިގްރޫޕްގައި ވަނީ ރާއްޖޭގެ ބައެއް މަޝްހޫރު ދީނީ ޢިލްމުވެރިންނަށް މިކަމާއި ގުޅޭ ގޮތުން ކޮށްފައިވާ އެސްއެމްއެސް ތަކެއްގެ ޖަވާބުތަށް ވެސް ހާމަކޮށްފައެވެ.
"ތަންފީޒް" ގްރޫޕުން ވަނީ ރާއްޖޭގެ މިއަދުގެ ހާލަތައްޓަކައި މިއީ ކޮންމެހެން ކުރަން މަޖްބޫރުކަމަކަށް ވުން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން މިކަމަށް އެއްބާރު ދިނުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަމަކީ ޙަރަދު ހިންގާ ކަންކަން ކަމުން ފަންޑު ކޮށް ދެއްވަން ބޭން ވާފަރާތަކަށް މަގު ހުޅުވާލާފައިވާކަމަށާއި ހިނގާނެކަމަށް އަންދާޒަ ކުރެވޭ ޙަރަދުވެސް ގްރޫޕްގައި ލިޔެފައިވެއެވެ. އެއީ ސައުންޑު ސިސްޓަމާއި ފެން، އަދި ޕޯސްޓަރާއި ބެނާސް ހުދުމަށް ބޭނުންވަނީ 65000 ރުފިޔާ ކަމަށް ލަފާކުރެވޭކަމަށް ލިޔެފައިވެއެވެ.
ތައުޙީދުގެ ކަލިމަ ހުދުކުލިއިން ލިޔެވިފައިވާ ކަޅު ދިދަ ތަކާއި އަދި ދިވެހި ރާއްޖޭގެ ދިދަ ބައިވެރިންނަށް ދެވޭނެކަމަށާއި މިހންގާލުން ބާއްވަން ގަސްތުކުރާ ތާރީޙަކާއި ތަނެއް އިޢުލާން ކުރެވީނީ ފަންޑުގެ ގޮތުގައި އެހީ ތެރިކަން ލިބުމުންކަމަށާއި ﷲއަށްޓަކައި މިފަދަކަން ކަންކަމުގައި ކޮށްލެވޭ ހޭދައަކީ ގެއްލިގެން ދާނެ އެއްޗެއްކަމުގައި ނުދެކި ހުރިހާ ރައްޔިތުން ވެސް ދީނާއި ޤައުމަށްޓަކައި މިކަމަށް އެއްބަރުލެއްވުންމަށް ގޮވާލާ ލިޔެފައި ވެއެވެ.

















advertisment
ތި ހިނގާލުން އިންތިޒާމް ކުރާ ފަރާތްތަކަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާށި! އާމީން.
ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަޞައްލަމްގއ ޝަޚްޝިއްޔަތަށް ފުރައްސާރަ ރައްދުވާގޮތަށް އެމެރިކާގައި އުޅޭ ޔަހޫދީއަކު ޑައިރެކްޓްކުރި ފިލްމާއި އިދިކޮޅަށް ޔޫ.އެން ބިލްޑިންގ ކައިރިއަށް އެއްވި އެއްވުމުގައި ހިނގާދިޔަފަދަ ކަންތައްތައް ނުހިނގާނެފަދަ ގޮތަކަށް ޢިލްމުވެރިންގެ މަޝްވަރާއާއި އެކު ތިކަން ކުރިއަށް ގެންދިއުން އެދެން. އަދި މިހާރުވެސް އެވިސްނުން ތިޔަ އަޚުން ގެންގުޅޭ ކަމަށްޓަކައި އުފާކުރަން. އަޅުގަނޑުގެ ޚިޔާލަކީ މާލޭގެ މަގުތައް މައްޗަށް ނުކުމެ ތިހިނގާލުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި އެއް މައިދާނަކަށް އެއްވެ ތިބެގެން އަޑު އުފުލުން. ސަބަބަކީ ޢިލްމުވެރީން ކުރީ ސަފުގައި ތިއްބެވި ނަމަވެސް މަގުމަތީން ހިނގާފައިދާއިރު ހިނގާލުމުގެ ތެރެއަށް ވަންނަ ބަޔަކު ޢަމަލުކުރާ ގޮތަކުން ޢިމާރާތްތަކަށާއި މުދަލަށް ގެއްލުން ލިބުމުގެ ފުރުޞަތު ބޮޑު. އެހެންނަމަވެސް ރަށުތެރެއަށް ނުގޮސް ހުސް މައިދާނެއްގައި މިކަން ކުރާނަމަ މިފަދަ ކަންކަން ކުރިމަތިވުމުގެ ފުރުޞަތު ހަނިކަމަށް ޤަބޫލުކުރެވޭ.
ތިޔަމަސައްކަތުގައި މަތްﷲ ބަރަކާތް ލައްވާށި ސޮއިގެ ލިސްޓު ވީހާވެސް ގިނަކުރުމާ ހިގާލުމުގެ ސަޚްސު ވަރުގަދަ ކުރުމަށް ވަރަށް މަސައްކަތް ކުރަންފެނޭ… މި ސޮއި މިހާރުވެސް މިދިނީ
މާޝާﷲ ވަރައްރަގަޅުކަމެއް ހަމަގައިމުވެސް ދައްތަ ތިތާ ހުންނާނަން އިންޝާﷲ އަދި މިކަމުގަ ހުރިހާ ދިވެހި އަޙުންނާ އުޙުތުން ފުރިހަމަ އައްބައިވެރިވުމަކީ ދައްތަގެ ވަރައް ބޮޑުއެދުމެކެވެ.
ރަނގަޅު ކަމެއް. އެކަމަކު ކުރީގެ ހިނގާލުމަށް ވީހެން ނުވާނެކަމަށް އުންމީދުކުރަން. ދީނީ ޢިލްމުވެރިން ކުރިއަށް ނެރެން ބޭނުންނަމަ އެމީހުންގެ ބަސްވެސް ވިކެން ޖެހޭނެ. ތިމާ ހިތްހަމަ ނުޖެހޭ ވާހަކައެއްވެސް އަޑުއަހަން ޖެހިދާނެ. އަދި ހިނގާލުމުގައި ބައިވެރި ނުވާ ކޮންމެ މީހަކީ ކާފިރެއްކަމަށް ނިންމައިގެންވެސް ނުވާނެ. ހިނގާލުމުން ވަކި ބޭފުޅަކު ނުފެނުނަސް އެބޭފުޅަކީ ކާފިރުންނާ އެއްފަދަ މީހަކަށް ހެދިގެން ނުވާނެ.