އުސާމާ ބިންލާދިން ގެ ވަރުގަދަ އިންޒާރެއް ފްރާންސަށް ދީފިއެވެ.
އެމެރިކާއިން އެތައް އަހަރެއްވަންދެން ހޯދަމުންގެންދާ އުސާމާ ބިންލާދިންގެ އިންޒާރު ފްރާންސަށް އަމާޒުވެފައިވަނީ ފްރާންސުން އެމެރިކާއާއި ގުޅިގެން މުސްލިމުންނަށް ކުރަމުންދާ ގޯނާގެ ސަބަބުންކަމަށް އުސާމާ ވަނީ ހާމަކޮށްފައެވެ. އަލްޖަޒީރާއަށް ފޮނުވާފައިވާ ޓޭޕެއްގައި އުސާމާ ބިންލާދިން ހާމަކޮށްފައިވަނީ "ފްރާންސާއި އެމެރިކާ ގުޅިގެން އަފްޣާނިސްތާނުގައި އަންހެނުންނާއި ކުޑަކުދިން މަރަމުން ދާކަމަށްބުނެ ފްރާންސްގެ ރައްޔިތުންވެސް މަރާނެ" ކަމަށެވެ. އަދި "ފްރާންސުން އެބައިމީހުންގެ ބިންތައް އިސްތިޢުމާރު ކުރުމުގައި ބައިވެރިވުމާއި، އެމެރިކާ ތާއީދުކޮށްގެން ކުޑަކުދިންނާއި އަންހެނުން މަރާފައި ހިތްހަމަޖައްސާލައިގެން ނުތިބެވޭނެއެވެ. އަދި އެމީހުންގެ ސަލާމަތަށް ނުރައްކާއިރު ހުޅަނގަށްވެސް ސަލާމަތީ ނުރައްކާ އޮތްކަން ހަނދާން ބަހައްޓަން ޖެހޭނެ" ކަމަށެވެ. އެގޮތުން ދާދިފަހުން އެފްރިކާގައި ގެއްލުނު ފްރާންސްގެ 5 މީހުން އަލްގައިދާގެ އަތްދަށުގައި ވަކަމަށް ބުނެ އެކަމުގެ ޒިންމާވެސް އުސާމާ ވަނީ އުފުލާފައެވެ.
އުސާމާ ބިންލާދިންގެ އެންމެ ފަހުން ނުކުމެފައިވާ އޯޑިއޯގައިވަނީ ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް މުސްލިމު މަހުޖަނުން އެހީނުވާތީ އެކަމަށް ފާޑުކިޔާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...