ރާއްޖޭގެ ޚަބަރު 'ރަމްޒީ ކައިވެނި' ކުރުމާއި ބެހޭ 'ހަރުދަނާ' ގަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ރައީސްގެ ބެލުމުގެ ދަށުން ކުރަނީ

'ރަމްޒީ ކައިވެނި' ކުރުމާއި ބެހޭ 'ހަރުދަނާ' ގަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ރައީސްގެ ބެލުމުގެ ދަށުން ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ

'ރަމްޒީ ކައިވެނި' ކުރުމާއި ބެހޭ 'ހަރުދަނާ' ގަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ރައީސްގެ ބެލުމުގެ ދަށުން ކުރާނެކަމަށް ރައީސް ބުނެފިއެވެ.

މިފަދަ މޭރުމަކުން ރައީސް ވާހަކަ ދައްކާފައިވަނީ ދާދިފަހުން 'ރަމްޒީ' ކައިވެންޏެއްގައި ހަޑިހުތުރު ބަހުން ފަތުރުވެރިއަކަށް ފުރައްސާރަކޮށްފައިވާތީ އެފަރާތަށް މައާފަށް އެދުމަށް ފޯނުން ގުޅާ ދެއްކި ވާހަކައިގައެވެ. "ބިދޭސީން ރާއްޖޭގައި ކުރާ މިފަދަ ރަމްޒީ ކައިވެންޏާއި ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވައިދުތަކެއް އެކުލަވާލުމުގެ މަސައްކަތް ސީދާ އެމަނިކުފާނު ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ޓޫރިސްޓު ދެމަފިރިންނަށް ދޭ' ކަމަށް ރައީސް ނަޝީދަށް ހަވާލާދީ ދިވެހި މީޑިއާތަކުން ހަބަރު ދެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ރައީސް ނަޝީދު އެކުލަވާލަން އުޅޭ 'ގަވައިދު'ގެ ދަށުން ޢައިރު ދީންތަކުގެ މީހުންނަށް އެމީހުންގެ ދީނުގައި އޮންނަ ގޮތައް ކައިވެނި ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.