ޔޫރަޕު އިރާގަށް ސިފައިން ފޮނުވީތީ އޮސްޓްރޭލިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރަށް ބޫޓުގެ ހަމަލާއެއް އަމާޒުވެއްޖެ

އިރާގަށް ސިފައިން ފޮނުވީތީ އޮސްޓްރޭލިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރަށް ބޫޓުގެ ހަމަލާއެއް އަމާޒުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިރާގަށް ސިފައިން ފޮނުވީތީ އޮސްޓްރޭލިޔާގެ ކުރީގެ ޕްރައިމް މިނިސްޓަރަށް ބޫޓުގެ ހަމަލާއެއް އަމާޒުވެއްޖެއެވެ.

މިމަހު 25 ވަނަ ދުވަހު މެލްބަންގައި ކުރިއަށްދިޔަ އިންޓަވިއުއެއްގައި އިރާގަށް އޮސްޓްރޭލިޔާގެ ސިފައިން ފޮނުވި މައްސަލައާއި މެދު ވާހަކަ ދައްކަމުންދަނިކޮން އޯޑިއަންސްގައި ހުރި މީހަކު އެއްލި ބޫޓުގެ ހަމާލާ އަމާޒު ކުރަމުން އެމީހާ ބުނެފައިވަނީ 'މިއީ އިރާޤުގައި މަރުވި މީހުންގެ ބަދަލު' ކަމަށެވެ. މިއަމަލާއިއެކު އެމީހާވަނީ ސްޓޫޑިއޯއިން ބޭރުކޮށްފައެވެ. ހަމައެވަގުތު އިންޓަވިއު ކުރިއަށްދިޔަ ސްޓޫޑިއޯގައި އިން އަންހެނަކުވެސް "ކަލޭގެ އަތު ލޭ އެބަހުރި' ކަމަށް ބުނެ ކުރީގެ ޕްރައިމް މިނިސްޓަރަށް ބަހުގެ ހަމަލާތައް ވަނީ ދީފައެވެ.

'ބޫޓުގެ ހަމަލާ'ތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯޖް ޑަބްލިއު ބުޝް، ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ހިމެނެއެވެ.

ޓެގް

ހަމަލާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.