ރާއްޖޭގެ ޚަބަރު ޑީ.ޕީ.އާރް.އެސްގެ މުވައްޒަފުންގެ ތެރެއިން ކ.މާފުށީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ތުނބުޅި ބޭލުމަށް އަންގައި އިންޒާރު ކޮށްފި

ޑީ.ޕީ.އާރް.އެސްގެ މުވައްޒަފުންގެ ތެރެއިން ކ.މާފުށީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ތުނބުޅި ބޭލުމަށް އަންގައި އިންޒާރު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ޑިޕާޓްމެންޓް އޮފް ރިހިބިލިޓޭޝަން ސެންޓަރުގެ މުވައްޒަފުންގެ ތެރެއިން ކ.މާފުށީގައި ވަޒީފާ އަދާކުރާ ކުދިންނަށް ތުނބުޅި ބޭލުމަށް އަންގައި އިންޒާރުކޮށްފައިވާކަމަށް ޑީ.ޕީ.އާރް.އެސް ކ.މާފުށީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ދިއިސްލާމަށް ހާމަކޮށްފިއެވެ.

އޭނާ ވިދާޅުވީ ޔުނިފޯމް ކޯޑްގެ ދަށުން، ތުނބުޅި ބަހައްޓާފައިވާ މުވައްޒަފުންނަށް ތުނބުޅި ބޭލުމަށް އަންގާފައިވާ ކަމަށާއި، އަދި ތުނބުޅި ނުބާލާ ކުދިންނަށް ލިޔުމުން އިންޒާރުދީ ވަޒީފާއިން ވަކިކުރުމަށް އިންޒާރު އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއް ކުދިންނަށް މާޤާމް ރޭންކު ދައްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިމައްސަލަ  ހިޔުމަން ރައިޓްސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށާއި، ނަމަވެސް އެކޮމިޝަނުންމިކަމުގައި އެދެވިގެންވާ ތަރުހީބެއް ލިބެމުން ނުދާކަމަށް އޭނާ ހާމަކުރެއެވެ.

މިކަމާއި ބެހޭގޮތުން ޑީ.ޕީ.އާރް.އެސް ޑިރެކްޓަ ރަޝީދުއަށް ދެ ފަހަރު ގުޅާލުމުންވެސް ފޯނު ނަގާ ގޮތް ނުވުމުގެ ސަބަބުން، އެފަރާތުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މިކަމާއި ބެހޭ ގޮތުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވުސްއަށް ގުޅާލުމުންވެސް އެކަމުގެ މަޢުލޫމާތު ދެވޭ ވަރުގެ ބޭފުޅަކާއި ވަނީ ބައްދަލު ވާގޮތް ނުވެފައެވެ.

ޓެގް

ލާދީނީ ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.