ދިއިސްލާމް އަފްގާނިސތާނުގައި މަރުވި އެމެރިކާގެ ސިފައިންގެ އަދަދު 2000 އަށް އަރައިފި

އަފްގާނިސތާނުގައި މަރުވި އެމެރިކާގެ ސިފައިންގެ އަދަދު 2000 އަށް އަރައިފި

އަފްގާނިސތާނުގައި މަރުވި އެމެރިކާގެ ސިފައިންގެ އަދަދު 2000 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަފްގާނިސތާނުގައި މަރުވި އެމެރިކާގެ ސިފައިންގެ އަދަދު 2000 އަށް އަރައިފިއެވެ. 11 އަހަރެއްހާދުވަސް ވީ ހަނގުރާމައިގައި މި އަދަދު 2000 އަށް އަރައިފައި ވަނީ އަފްގާންގެ ފުލުހަކު އެމެރިކާގެ ސިފައިންގެ މީހަކު މަރާލުމާ ގުޅިގެންނެވެ.

މި ހާދިޘާ ހިނގައިފައިވަނީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން  ގާތްގަނޑަކަށް 12ގަޑި 30 ހާއިރު ސަޢީދު އާބާދު ސަރަހައްދުގެ ވަރްދަކް ޕްރޮވިންސްގައި ހުންނަ އެމެރިކާއާއި އަފްގާން ގުޅިގެން މަސައްކަތްކުރާ އަސްކަރީ މަރުކަޒެއްގެ ކައިރީގައި ކަމަށް އަފްގާންގެ ޑިފެންސް މިނިސްޓރީގެ ސްޕޯކްޕާސަން އާދީއްތަ ދުވަހު ވަނީ ހާމަކޮށްފައެވެ.

އަފްގާނުގެ ފުލުހުން އެމެރިކާގެ ސިފައިންނާ ދެކޮޅަށް ކުރިންވެސް ވަނީ މިފަދަ އެތައް ހަމަލާއެއްދީފައެވެ. އަދި އަފްގާންގެ ބައެއް ފުލުހުން ސަރުކާރުގެ ލަޝްކަރުން ވަކިވެ ޠާލިބާނުންނާ ގުޅިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.