ރިޕޯޓް

އިސްލާމް ދީން ހުރިހާ ވައްތަރެއްގެ އިންސާނީ ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ޔަޤީން!

ލިޔުނީ: އަޙްމަދު ޢާޞިމް އުންމީދު/ ހއ.އިހަވަންދޫ

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭގޮތުގައި އިސްލާމީ ތަޢުލީމު ފިޔަވައި އެހެން އެއްވެސް ތަޢުލީމެއް އުނގެނުމަކީ ބާޠިލުކަމެކެވެ. ހަމައެގޮތަށް ވަރަށް ގިނަ ބެލެނިވެރިންވެސް ބުނާތީ އަޑުއަހަން ފަރަންޖީ ބަސްކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިފަދަ ބަސްތައް ބައެއް ބެލެނިވެރިންގެ ފަރާތުން އިވޭ ކަމީ ވަރަށް ވެސް ހިތާމަވެރިކަމެކެވެ. ހަގީގަތަކީ އިސްލާމްދީން ހުރިހާ ވައްތަރެއްގެ އިންސާނީ ތަޢުލީމު ދަސްކުރުމަށް ބާރުއަޅާކަމެވެ.

ކީރީތި ﷲ އަށް ބާވައިލެއްވި އެންމެ ފުރަތަމަ އާޔަތުގައިވެސް ވަނީ އުނގެނުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން މާތްﷲ ގެ ކަލާމްފުޅުގެ ވަރަށް ގިނައާޔަތްތަކުގައި ﷲ ގެ ކުޅަދުންވަންތަކަމާއި މެދު ވިސްނާ ފިކުރުކުރުމަށް ވަނީ ބާރުއަޅާފައެވެ. އަދި އެހެކިތަކުގެ އަލީގައި ﷲ ގެ އެއްކައުވަންތަކަމަށް ވާޞިލުވުމަށް ބާރުއަޅާ ގިނަ ހެކިތަކެއް ﷲ ވަނީ އެކަލާނގެ ކަލާމްފުޅުގައި ބަޔާން ކުރައްވާފައެވެ. ހަގީގަތަކީ މިހެކިތަކަށް ވާޞިލުވުމަށްޓަކައި ފިޒިކްސްއާއި ކެމިސްޓުރީ އަދި ބަޢުލަޖީގެ އިލްމު ބޭނުންވާކަމެވެ. މިސާލަކަށް ފިނިފެންމަލެއްގެ ސިފައިގައި ތަރިގޮވުން ފަދަކަންތައްތައް ހިމެނެއެވެ.

ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބެލެނިވެރިން ދެކޭގޮތުގައި ފަރަންޖީ ބަސް ދަސްކުރުމަކީ ވަރަށް ބޮޑުގޯހެކެވެ. އެހެންނަމަވެސް ހަޤީގަތަކީ އިސްލާމްދީންވަނީ އަރަބިބަސް ނޫ ބަސްތައް ދަސްކުރުމަށް ބާރުއަޅާފައެވެ. އެކަން އެނގޭ އެއްދަލީލަކީ (މާތް ނަބިއްޔާވަނީ ޒައިދު ބިން ޘާބިތަށް ޔަހޫދީބަސް ދަސްކުރުމަށް އަމުރުކުރައްވާފައެވެ. ރަވާހު ބުހާރީ މިހަދީޘް ނަގާފައިވަނީ  އަލްއުސްތާޛު އިބުރާހިމް ރަޝީދު މޫސާގެ ދީނީކަންތައްތަކުގައި ހައްދުފަހަނައަޅާ ދިއުން މިފޮތުންނެވެ.)  އަޅުގަނޑުމެން ފަރަންޖީ ބަހޭ މިކިޔާ ބަހަކީ މިހާރުގެ ބައިނަލަގުވާމީ ބަހެވެ. އެހެންކަމުން އަހަރެމެން އެކަކު އަނެއްކަކާއި މުހާތަބުކުރުމަށާއި ދީނަށް ގޮވާލުމަށްޓަކައި އަރަބިބަސް ނޫބަސްތައް އެނގުމަކީ ވަރަށް މުހިންމުކަމެކެވެ.

(ބަނީ ސުލައިމް ވަންހައިގެ މީހުންގެ އަތުން ޒަކާތް ނެންގެވުމަށް ابن اللتبية  އޭ ކިޔުނު މީހަކު ރަސޫލުﷲގެފާނު ފޮނުއްވިއެވެ. އޭނާ ޒަކާތަށް ލިބުނުއެއްޗެހި  ހިފައިގެން އައުމުން އެއެއްޗެހިތައް ހިސާބުކުރެއްވިއެވެ. ރަވާހު ބުހާރީ މިހަދީޘް ނަގާފައިވަނީ  އަލްއުސްތާޛު އިބުރާހިމް ރަޝީދު މޫސާގެ ދީނީކަންތައްތަކުގައި ހައްދުފަހަނައަޅާ ދިއުން މިފޮތުންނެވެ.) މިކަމުން އެނގެނީ އެކަލޭގެފާނަށް ހިސާބު ޢިލްމު އެނގޭ ކަމެވެ. މީގެ އިތުރުން ދީނުގައިވަނީ ވިޔަފާރީ ހުއްދަކުރައްވާފައެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ހިސާބު އެމުޢާމަލާތަށް ބޭނުންވާ މިންވަރަށް އެނގިގެން މެނުވީ ވިޔަފާރި ނުކުރެވޭނެއެވެ. މިފަދަ އެތައް ސަބަބުތަކަކާއި ހެދި އިސްލާމްދީން ހުރިހާ ބާވަތެއްގެ އިންސާނިއްޔަތަށް ފައިދާހުރި ޢިލްމުތައް ދަސްކުރަން ޖެހެއެވެ.
މީގެ އިތުރުން އިސްލާމީ ހަޟާރަތުގައި ފާހަގަކުރެވޭ ފަންނުތަކަށް ބަލާއިރު ބިނާކުރުމުގެ ފަންނާއި ޛުކުރުފާ ފަންނު (ވެޔޮގަނޑު ހެދުމުގެ ނަންނު) ފަދަ ފަންނުތައް ފާހަގަ ކުރެވެއެވެ. މިފަދަ ފަންނުތަކަށް ކުރިއަރާނީ މިފަދަ ފަންނުތަކުގެ ޢިލްމު ރަނގަޅަށް އެނގިގެންނެވެ. އެހެންކަމުން މިފަދަ ފަންނުތަކުގެ ޢިލްމުދަސްކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

މިފަދަ ހުރިހާ ކަމަކުން އެނގިގެންދަނީ އިސްލާމްދީން އެކިބާވަތް ބާވަތުގެ ޢިލްމަށް ތަރުހީބު ދޭމިންވަރެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް