ކޮލަމިސްޓް އެމެރިކާ ގެ ޓައުން އެއް ހައްދުފަހަނަ އަޅައިފި – ބަނގުރާ މަނާކޮށްފި

އެމެރިކާ ގެ ޓައުން އެއް ހައްދުފަހަނަ އަޅައިފި – ބަނގުރާ މަނާކޮށްފި

އެމެރިކާ ގެ ޓައުން އެއް ހައްދުފަހަނަ އަޅައިފި – ބަނގުރާ މަނާކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މީހުން އުޅޭކަމަށާއި މި މީހުން ރާއްޖޭގައި ބަނގުރާ ވިއްކުން މަނާކޮށްފާނެކަމަށް ރާއްޖެއަށް ނިސްބަތްވާ، މުސްލިމް ނަންކިޔާ ބައެއްމީހުން ތެޅިފޮޅޭއިރު އެމެރިކާމީހުން ހައްދުފަހަނަ އަޅާފައިވާކަން މިމީހުނަށް ނޭނގޭ ކަމީ އަޖައިބެކެވެ.

އެމެރިކާގެ ނިއުޖާރސީ ގައި އޯޝަން ސިޓީ ރިސޯޓްގެ ނަމުން ނަންދީފައިވާ ޓައުންގައި ބަނގުރާ ވިއްކުން މަނާވުމުގެ އިތުރުން ބަނގުރަޅުގެ އެއްވެސް ބާވަތެއް އަމިއްލަޔަށް ގެނެސްގެންވެސް ބޭނުން ނުކުރެވޭނެ ކަމަށް އެޓައުންގެ ރައްޔިތުން ގެ ވޯޓަކުން ފާސްކޮށްފިއެވެ.

އޯޝަން ސިޓީ ރިޒޯޓް އަކީ 1984 ވަނަ އަހަރުން ފެށިގެންވެސް ބަނގު ރަލުގެ ބާވަތްތައް ވިއްކުން މަނާކޮށްފައިވާ ތަނެކެވެ. ނަމަވެސް ބައެއް ރެސްޓޯރަންޓް ތަކުން އެރެސްޓޯރަންޓް ތަކަށް ކާންއަންނަ މީހުން ބިޔަރު ފަދަ ތަކެތި އަމިއްލައަށް ގެނެސްގެން ބޭނުންކުރުން ނުރަސްމިކޮށް ހުއްދަކުރަމުން ދާތީވެ، ރެސްޓޯރަންޓް ތަކަށް ކާންއަންނަ އަންނަ މީހުން އެމީހުން އަމިއްލަޔަށް ބިޔަރު ގެނެސްގެން ރެސްޓޯރަންޓް ތަކުގައި ބޮވިދާނެތޯ ހުށައެޅުމާއި ގުޅިގެން ނެގި ރައްޔިތުންގެ ވޯޓުން އެކަން ފާސް ނުވުމާއި ގުޅިގެން އެ ޓައުން ވެފައިވަނީ އެ ޓައުންގެ އެއްވެސް ތަނެއްގައި ބަނގުރާ ވިއްކުމާއި ބުއިން މަނާ ތަނެއްގެ ގޮތުގައެވެ.

މިކަމާ ކަންބޮޑުވެގެން އެމެރިކާގެ މިހާރުގެ ރައީސްވެސް އަދި ކުރީގެ ރައީސް އެއްވެސް ބޭރުޤަމުތަކަށް ގޮސް  އެމެރިކާގެ ރައްޔިތުން ހައްދުފަހަނަ އަޅައިފިޔޭ ގޮވަމުން ނުދުވާތީ އަޅެ އަޖައިބެއް ނުވޭތޯއެވެ. މީގައި އަޅުގަނޑަށް ވިސްނޭ ދެ ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ ބަނގުރާ ވިއްކުމާއި ބޭނުންކުރުން މަނާކުރި އޯޝަން ސިޓީ ގެ ރައްޔިތުންނަކީ މުސްލިމުންނަށް ނުވުމެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް އަކީވެސް އަދި ކުރީގެ ރައީސުންނަކީވެސް މުސްލިމުންނަށް ނިސްބަތްވާ ޢަރަބި ނަންކިޔާ ބަޔަކަށް ނުވުމެވެ. އެހެންނޫންނަމަ ވަރަށް ފޯރި ހުރީސް ކަންނޭނގެއެވެ.

އޯޝަން ސިޓީގައި ހޮޓަލެއް ހިންގާ ރައްޔިތަކު ބުނިގޮތުގައި އެ ޓައުންގެ އެންމެ ނަލަ ސިފަޔަކީ އެ ޓައުން އަކީ ބަނގުރަލުގެ ބާވަތްތައް ބޭނުންކުރާ ތަނަކަށް ނުވުމެވެ. އޭނާ ބުނިގޮތުގައި އެ ޓައުންގައި އެކިކަހަލަ ޤާނޫނާ ޙިލާފް ޖަރީމާތައް ހިންގުމާއި މަސްތުވާ ތަކެތީގެ މައްސަލަތައް މަދުވެފައިވަނީ ރަލުގެ ބާވަތްތަށް ވިއްމާއި ބޭނުނުކުރުން މަނާތަނަކަށް ވާތީއެވެ.

އޯޝަންސިޓީގައި ބަނގުރަލުގެ ބާވަތްތައް މަނާކޮށްފައިބޭވުމަށް އެންމެ އިސްކޮސް ހަރަކާތްތެރިވާ ކެން ކޫޕަރ ބުނިގޮތުގައި އޯޝަން ސިޓީ ރިޒޯޓް އަށް ޗުއްޓީ ހޭދަކުރަން މީހުން އަންނަ ސަބަބަކީ ނުވަތަ އެތަނުން ގެދޮރު ގަންނަ ސަބަބކީ އެތަނަކީ ބަނގުރަލުން ސަލާމަތްވެފައިވާ ތަނަކަށް ވާތީއެވެ. އަދި އެހެން ތަންތަނާއި ޚިލާފަށް ފެމިލީ ރިޒޯޓެއް ގޮތުގައި އޯޝަންސިޓީ ބަލައިގަންނަ ސަބަބަކީވެސް އެއީއެވެ.

އަޖައިބުވެ އަންތަރީސް ވާންޖެހޭކަމަކީ ބަނގުރަލުގެ ނުބައިކަމާއި އެއިން ދުރުވާންޖެހޭކަން ކާފަރުންނަށް އެމިހުންގެ އަމިއްލަ ސިކުޑިއަށް ވިސްނޭއިރު، މި ޤައުމުގައި މިއުޅޭ މުސްލިމުންކަމަށް ދައުވާ ކުރާ ބައެއްމީހުނަށް އަމިއްލަ ސިކުނޑިއަށް ވިސްނައިނުގަނެވޭ ތާނގައި، ބަނގުރަލުގެ ގެއްލުން ބޮޑުކަމާއި އަދި އެއިން ދުރުވުމަށް މާތްﷲ ވަޙީ ކުރެއްވި ބަސްފުޅު އެކަލާންގެ ކަލާމްފުޅުގައި ސާފު އިބާރާތުން ލިޔެވިފައި ފެންނަން އޮތް އިރުވެސް އެއްޗެއް ނުވިސްނޭތީއެވެ. ފަހަރުގައި އިސްލާމްދީނުގައި މަނާކަމަކަށް ވާތީ ބަލައިގަންނަން ބޭނުންނުވަނީ ކަމަށް ވެދާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.