އެމެރިކާދުނިޔެ

އަލަށް ޑިމޮކްރަސީގެނައި މެދުއިރުމައްޗަށް ދީނީ ކަންތައްތައް ތަހައްމަލް ކުރަން ދަސްކޮށްދޭން ޖެހޭ: ޓޯނީ ބްލެއަރ

އަލަށް ޑިމޮކްރަސީގެނައި މެދުއިރުމައްޗަށް ދީނީ ކަންތައްތައް ތަހައްމަލް ކުރަން ދަސްކޮށްދޭން ޖެހޭކަމަށް ޓޯނީ ބްލެއަރ ބުނެފިއެވެ.

އަރަބި ޤައުމުތަކުގެ ތެރެއިން ބައެއް އަދިވެސް ތަހުޒީބުވުމަށް ޖީލެއް އުޅޭކަމަށާއި ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މަލާމާތް ކޮށް ހަދައިފައިވާ ފިލްމަކީ ހެވޭވަރުގެ އެއްޗެއްކަމަށްވެސް ޓޯނީ ބްލެއަރ ބުނެފައިވެއެވެ.

ޑިމޮކްރަސީއަކީ ދީންތަކުގެ މެދުގައި ގުޅުން ބަދަހި ކުރާނެ ރަނގަޅުގޮތެއްކަމަށް ބުނާނެ، އެ ޤައުމުތަކުންނާއި އިސްލާމްދީނުގެ ތެރެއިންވެސް ލީޑަރޝިޕެއް ބޭނުންވާކަމަށްވެސް ޓޯނީ ބްލެއަރ ވަނީ ހާމަކޮށްފައެވެ.

ގުޅުންހުރި

10 ޚިޔާލު

  1. ޓޯނީބުލެޔާމެން ކަހަލަ ހެއުވިސްނޭ މީހުން އިސްލާމްދީން ޤަބޫލުނުކޮއްގެން އުޅެނީ ކީއްވެބާ؟ އިސްލާމް ދީން ޤަބޫލުކޮއްގެން އިންސާނުންގެ ވަރަގުދަ ލީދަރަކަށްވެގެން ލީޑާޝީޕެއް މުޅިދުނިޔެއަށް ދައްކާލަން ވީނުންތޯ؟ އޭރުން ބުއްދީގެ އަހުލުވެރިން ހަމަޔަޤީނުންވެސް ޓޯނީބުލެޔާ ތައުރީފާއި ސަނާގެ ބަސްތަކުން ތާރީހުގައި ލިޔެވިގެންދާނެ!

  2. ޓޯނީ ބްލެއަރ ތިބުނިއެއްޗެއް ސާފެއްނުވި. އިސްލާމް ދީނުގެތެރެއިން ލީޑަރޝިޕް ވަނީ ދަށްކަވާފަ. އެކަމަކު ހަތަރު ޤަޥްމެއްގެ ފަރާތުން ބޮޑުވަޒީރަކަށް ޢައްޔަން ކުރީމާވީ އަނގަބޮޑު އަނިޔާވެރިކަންބޮޑު ލީޑަރޝިޕެއް ދެއްކިފައިނުވާ ބޮޑު ޒާލިމަކަށް. ދީނީ ކަންތައްތައް ދަސްކޮށްދޭންޖެހޭ ފަރާތަކީ ޚުދްތިމާ، ނޫންނަމަ ތިމާ އަކީ އެހެންމީހުންނަންހުރި ޢިބްރަތެއްގެ ގޮތުގައި ނިމިދާނެ..

  3. އިރާޤު ގެ އެތައް މުސްލިމުންނެއް މަރަން ލަޝްކަރު ފޮނުވި ޝައިތާނު ޓޯނީ ބްލެއަރ ދައްކާ ކަހަލ ވާހަކަ ތައް މިހާރު ދުނިޔޭގެ ތިބި ބައެްއް ޝެއިޚުންވެސް ދައްކަނީ، ޕީސް ވާންވީ، ތަހައްމަލު ކުރަންވީ، އަޅާނުލާންވވީ.

  4. އިސްލާމް ދީނަ ވަންނަން ނުކެރިގެން ތިއުޅެނީ އެކުވެރިން ކޮއްފާނެ މަލާމާތަކަށްތޯ؟ ކުރީގައިވެސް ލީޑަރުން އެމީހުންގެ އެކުވެރިންގެ މަލާމާތަކަށް ނުބަލާ އެމީހުން އިސްލާމް ދީން ޤަބޫލުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯއްދެވި! އަޅެ ނިކަން މިއިސްލާމް ދީން ޤަބޫލުކޮށްލަބަލަ އޭރުން ގަދަ ލީޑަރަކަށް ވެގެން ދާނެ، ތިހާފަސްޖެހި ލައްވަނީ އަޅެފަހެއް ތކަހަލ ހެއުވިސްނޭ ބޭފުޅުން ކީއްވެބާ! އިސްލާމް ދީން ޤަބޫލުކުރުމުން އެމީހަކު ބާއްޖަވެރި ވެގެން ދާނެ! ޢަބާއްޖަވެރިޔެއް ހަމަޔަޤީނުންވެސް ނުވާނެ!

  5. ޓޯނީބްލެއަރ ކަހަލަ ޒާލިމަކު މިރާއްޖޭގައިވެސް އެބައުޅޭ.

  6. އަޅެނިކަން ޓޯނީ ބުލެޔާ އިސްދިޔަހާ ފާފަތަކެއް ފޮހެވޭކަހަލަ ޢަމަލެއްގެ ގޮތުގައި އިސްލާދީން ޤަބޫލުކޮށްލަބަލަ، އަދި މުސްލިމުންގެ ލީޑާޝިޕެއް ލަންޑަނުގައި ދައްކާލަންވީ ނުންތޯ؟ ތައްޔިބު އޮރޮދޮޢާން އާއި މުރުސީއަށް ވުރެވެސް ކުރިހޯއްދަވަން ވީނުންތޯ؟ ވަރަށް ވެސް ރަގަޅު ފުރުސަތެއް މިއޮތީ ތިކަހަލަ ބުއްދީގެ އަހުލުވެރިންނަ!

  7. މީނާއަކީ ޤުރްއާން ކިޔަވައި އަދި ފަހުމްވެ މީނާގެ މާއްދީ ކަންތައް ތަކުގައި ޤުރުއާނުން ފައިދާކުރާ ކަމަށް ބުނެފައިވާ މީހެއް. ވީއިރު ޚޮދު ތިމާ އިސްލާމް ދީން އިތުރަށް އުގެނިގަތުމަށް މީނާއަށް މާރަގަޅުވާނެ. ފަހަރެއްގައި ހިދާޔަތް ލިބި އޭގެ ފަހު މޮޅުބަސް ބުނުން ރަގަޅުވާނެ.

  8. ޓޯނީ ވާހަކައެއް ބުނަންތަ ތިބޭފުޅާޔާއި އަހަންނާއި ހުރީ ހަމަ އެންމެ ފަރަޤެއް އެއީ ޢީމާންކަމުގެ ފަރަޤު، އިސްލާދީނޫގައި މީހުންގެ މޮޅުދެރަ ކަންޑައަޅާ މީޒާނަކީ އެމީހެއްގެ ތަޤުވާވެރިކަން، އިސްލާމް ދީނުގެ އެންމެ މަތީދަރަޖަޔަށް ވެސް ހަމަކޮންމެ މީހަކަށް ވެސް ދެވިދާނެ އެމީހެއްގެ ތަޤުވާގެ ފޭރާމުގެ ސަބަބުން! ޓޯނީ ދެން ނިކަން އިސްލާމް ދީން ޤަބޫލުކޮށް މުސްލިމަކަވެ މިދީން ޕުރެކުޓިސް ކުރަންވީ ނުންތޯ؟ ލަންޑަނުގައި އިސްލާމީ ޙިލާފަތެއްވެސް ޤާއިމު ކޮށްދެއްވަން ވީނުންތޯ..؟

  9. ޓޯނީ އަކީވެސް އަނިޔާވެރިއެކެވެ.

  10. ޓޯނީ ބްލެއެއްށްވެސް އިސްލާމްދީނުގެ ނޫރުން ނޫރުދެއްވާށިއެވެ. އަހަރުމެނަކީ ހުރިހާ އިންސާނުންގެ އަޚުން، އުޚްތުން، އިސްލާމްދީން ގަބޫލުކުރުމަށްފަހު އެއްބަޑުއެއްބަފާ އަކަށް ވުމަށް ދައުވަތުދެން އަހަރުމެންނަކީ ދުޝްމަނުން ކަމުގައި ދުނިޔޭގެ މިކުޑައުމުރުގައި ނުދެކުމަށް ހިއްވަރުދެން، ނަސޭހަތްތެރިވަން

Your email address will not be published. Required fields are marked *