ރާއްޖޭގެ ޚަބަރު މުޒާހަރާ ހޫނުވެ ނޫސްވެރިންނަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް މީޑިއާ ކައުންސިލުން އިސްނަގައިގެން ތަހުގީގު ކުރަނީ

މުޒާހަރާ ހޫނުވެ ނޫސްވެރިންނަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް މީޑިއާ ކައުންސިލުން އިސްނަގައިގެން ތަހުގީގު ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

މުޒާހަރާ ހޫނުވެ ނޫސްވެރިންނަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް މީޑިއާ ކައުންސިލުން އިސްނަގައިގެން ތަހުގީގު ކުރަމުންދާކަމަށް އެކައުންސިލުން ހާމަކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ނަޒީފު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، " ފުލުހުންނާއި މީޑިއާ ކައުންސިލް ހިމެނޭގޮތަށް ޓެކްނިކަލް ކޮމިޓީއެއް ނެގުމަށް ދެފަރާތުން އެއްބަސްވިކަމަށާއި މިކޮމިޓީގެ ބޭނުމަކީ، ފުލުހުންގެ ހަރަކާތްތަކުގައި ނޫސްވެރިންނަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެމައްސަލަތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި މުޒާހަރާގެ މައްސަލާގައި "ނޫސްވެރިންނާއި ފުލުހުންވެސް، އެއްބައެއް އަނެއްބައެއްގެ ދިފާއުގައި ވާހަކަ ދައްކަވާކަމަށާއި އެހެންކަމުން މިހިނދުން މިހަނދަށް މައްސަލައިގެ "ގޯސް" ފަރާތް ކަނޑައަޅަން ދަތިކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ހަފްތާއެއް ނުވަތަ 10 ދުވަހެއްގެ ތެރޭގައި މީޑިއާ ކައުންސިލުން މިކަން ތަހްގީގްކޮށް ރިޕޯޓެއް ނެރޭނެ" ކަމަށް ނަޒީފު ވަނީ ވިދާޅުވެފައެވެ.

'އުންބަށްޖެހި ވަޒީރުން'ގެ ނަމުގައި ދާދިފަހުން ޑީއާރުޕީއިން ބޭއްވި މުޒާހަރާގައި ފުލުހުންވަނީ ބައެއް ނޫސްވެރިންނަށް އަނިޔާވާ ފަދަ ގޮތަކަށް އަމަލުކޮށްފައެވެ. އެފަދަ މަންޒަރުތައް ވަނީ ބައެއް މީޑިއާތަކުން ގެނެސްދީފައެވެ. އަދި ބައެއް ނޫސްވެރިންވެސް ފުލުހުން ނުކިޔަމަންތެރިވެފައިވާކަމަށްވެސް ފުލުހުންދަނީ ބުނަމުންނެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.