ރާއްޖޭގެ ޚަބަރު "ސީރިއާ ފޯރަމް 2012" ގެ ނަމުގައި ވަރަށް ޙާއްސަ ފޯރަމެއް ބާއްވަނީ

"ސީރިއާ ފޯރަމް 2012" ގެ ނަމުގައި ވަރަށް ޙާއްސަ ފޯރަމެއް ބާއްވަނީ

"ސީރިއާ ފޯރަމް 2012" ގެ ނަމުގައި ވަރަށް ޙާއްސަ ފޯރަމެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އިވެންޓްގެ ޕޯސްޓާރ | ޕޯސްޓަރ ހެދީ: އަޒްހަދު

"ސީރިއާ ފޯރަމް 2012 " ގެ ނަމުގައި ވަރަށް ޙާއްސަ ފޯރަމެއް 15 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ފޯރަމަކީ ޒުވާނުން ތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ފޯރަމެއް ކަމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތުގެ މީޑިއާ އޮފިޝަލަކު "ދިއިސްލާމް" އަށް މައުލޫމާތު ދެއްވަމުން ހާމަކުރައްވައެވެ. އަދި މިފަހަރުގެ މި ފޯރަމަކީ ސީރިޔާގެ މުސްލިމުންގެ ހާލަތު އަންގައިދީ އާއްމުން މިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ފޯރަމެއްކަމަށް އެފަރާތުން ވިދާޅުވިއެވެ.

"ސީރިޔާ ފޯރަމް 2012" ގެ ހަރަކާތުގައި ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިންކަމަށްވާ ޝެއިޚް މުހައްމަދު ޠައްޔިބާއި ޝައިޚް މުހައްމަދު ނަޝީދު އާދަމާއި އަދި ޝައިޚް އަޙުމަދު ސަމީރު ބިން އިބްރާހިމް ބައިވެރިވަޑައިގަންނަވައެވެ. މި ހަރަކާތް އިންތިޒާމް ކުރާފަރާތުން  ހާމަކުރާގޮތުގައި "ސީރިޔާ ފޯރަމް 2012" ގެ މީޑިއާ ޕާރޓްނާއަކީ "ދިއިސްލާމް" އެވެ. އަދި މިހަރަކާތް ކުރިޔަށް ގެންދަނީ "އަންޞާރު އައްޝާމް" ގެ އެހީތެރިކަމާއެކީ ކަމަށް ފޯރަމްގެ މީޑިއާ އޮފިޝަލް މައުލޫމާތުދެއްވައެވެ.

15 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހުގެ ރޭ 20:15 އަށް ވީހާވެސް ގިނަ އަޚުންނާއި އުޚުތުން މި ފޯރަމަށް ވަޑައިގަތުމަށް މިކަން އިންތިޒާމް ކުރައްވާ ޒުވާނުން އެދިލައްވައެވެ.

 "އަޤްޞާ ފޯރަމް" ގެ ނަމުގައި މިޓީމުން ވަނީ މިދިޔަ އަހަރު އޮގަސްޓް 23 ގައިވެސް ވަނީ މިފަދަ ފޯރަމެއް ބާއްވާފައެވެ.

ޓެގް

ސީރިއާ ފޯރަމް ސީރިއާ މުސްލިމުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.