ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއިން "ބޮނަފެނެ" ގެ ނަމުގައި ބޯފެނުގެ ބްރޭންޑެއް ބާޒާރަށް ނެރެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ އެ ކުންފުނިން އަލަށް ބާޒާރަށް ނެރޭ ހުވަދޫ ބަހުން ބޯފެނަށް ކިޔާނަން ދެވިފައިވާ ބްރޭންޑް "ބޮނަފެނެ" މިއަހަރުގެ ނޮވެމްބަރު މަހު ނެރެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ފެން ޕްލާންޓުގެ އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. މުއްތަލިބު އިތުރަށް ވިދާޅުވީ އެއަތޮޅުގައި ގިނަ އަދަދަކަށް ރިސޯޓުވެސް އެބަހުރިކަމަށާއި އަދި އެފަރާތްތަކުން ބޭނުންނަމަ ފެން ސަޕްލައި ކޮށްދެވޭނެ ކަމަށެވެ. .
ކޫއްޑޫ އެއާޕޯޓް ހުޅުވުމާ ގުޅިގެން މިހާރު ވަނީ އެ ރަށުގެ އެކި ހިސާބުތަކުގައި "ބޮނަފެނެ" ގެ އިސްތިހާރު ބިލްބޯޑުތަށް ހަރު ކުރެވިފައެވެ.

















advertisment
ޚިޔާލު