ދުބާއީގައި ވިޔަފާރިކުރަމުންދާ އިންޑިއާގެ މުސްލިމް ވިޔަފާރިވެރިއަކު ރާއްޖޭގެ ޒަކާތު ފަންޑަށް މަހަކު 10،000ޑޮލަރު ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
"ޒަކާތަކީ ހިލޭ ސާބަހަށް ކުރާ ހަދިޔާއެއް ނޫން. މިއީ އަޅުގަނޑުގެ މައްޗަށް ލާޒިމްކުރާ ކަމެއް. ޒަކާތުގެ ފައިސާ އަކީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އެއްޗެއް. ކޮންމެ މަހެއްގެ ފުރަތަމަ ހަފުތާގައި އެ ފައިސާ ޖަމާކޮށްދޭނެ ކަމަށް އަޅުގަނޑު ވާނީ މިނިސްޓަރަށް ދަންނަވާފައި،" އިސްލާމިކް އެފެއާޒް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ފީރޯޒު ވިދާޅުވީއެވެ. އަދި މިވަގުތު 10،000 ދިންކަމުގައި ވިއަސް ފަހުން މިއަދަދު އިތުރު ކުރާނެކަމަށާއި އަދި ޚައިރާތު ފަންޑަށް ވެސް އެހީތެރިވެދޭނެކަމުގައި ވިދާޅުވިއެވެ.
ފީރޯޒުއަކީ 1989 އަހަރު އެންމެ ފިހާރައަކުން ވިޔަފާރި ފެށި ވިޔާފާރި ވެރިޔެކެވެ. ނަމަވެސް ފީރޯޒް ވިދާޅުވީ މިއަދު ﷲގެ ރަޙްމަތުން ދުބާއީގަ އާއި އިންޑިޔާގެ އެކިކަންކޮޅުތަކުގައި 250އަށް ވުރެއް ގިނަ ފިހާރަ ހުޅުވިފައި ހުއްނާނެކަމަށެވެ. އަދި 350000 ވުރެއް ގިނަ މުއަޒަފުން އޭނާގެ ކައިރީ މަސައްކަތް ކުރާކަމަށެވެ.
މިއީ ރާއްޖޭއިން ބޭރު ވިޔަފާރިވެރިޔަކު ޒަކާތު ފަންޑަށް ދާއިމީކޮށް އެހީތެރިވާން ނިއްމި ފުރަތަމަ ފަހަރެއެވެ. އަދި މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރީގެ މިނިސްޓަރ ޝެއިޙް ޝަހީމް ވަނީ "ޕިއޯ ގޯލްޑު" ކޮންޕެނީ ޗެޔާއާރމަން ފީރޯޒުއަށް ޝުކުރު އަދާކޮށް އަދި މިފައިސާ ހެޔޮގުތުގައި ހޭދަ ކުރާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

















advertisment
ޚިޔާލު