އޭޝިއާ

އޯއައިސީ، ހަޤީޤަތް ހޯދާ ދިރާސާކުރުމަށް މިޔަންމާއަށް

ހަޤީޤަތްހޯދާ ދިރާސާކުރުމުގެ ދަތުރުފުޅެއްގައި އޯއައިސީއިގެ (އޯގަނައިސޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން) ވަފުދެއް މިހިނގާ ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހުވަނީ މިޔަންމާއަށް ޒިޔާރަތްކޮށްފައެވެ. މިދަތުރުގެ މަޤްސަދުކަމުގައިވަނީ ރޮހިންގްޔާދަރިކޮޅުގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާއި، އެއަޚުންނާއި އުޚްތުންނާދެކޮޅަށް ހިންގެމުންދާ ޖަރީމާތަށް ހޯދާ ބަލާ ތަހުޤީގުކުރުމެވެ.

މިދަތުރުގައި މިޔަންމާގެ ވެރިރަށަށް ޒިޔާރަތްކޮށް ސަރުކާރުގެ ވެރިންނާ ބައްދަލުކުރުމަށް ފަހު ކުރީގެ އަރަކަން ސަރަހައްދަށާއި ހަމަނުޖެހުންތަށް ހިނގަމުންދިޔަ އެހެނިހެން ސަރަހައްދުތަކަށް ޒިޔާރަށްކުރާގޮތަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުންގެ ފެންވަރުގައި މިހަރަކާތް ކުރިއަށް ގެންދާގޮތަށް ނިންމާފައިވަނީ ޖެއްޑާގައި ހުންނަ އޯއައިސީ ގެ ހެޑްކުއާރޓާސްގައި އޮގަސްޓުމަހުގެ 5ވަނަ ދުވަހު ބާއްވައިފައިވާ ހިންގާކޮމިޓީގެ ބައްދަލުވުމެއްގައެވެ.

މިޔަންމާގެ އަނިޔާލިބެމުންދާ މުސްލިމުންގެ ހާލަތަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާކަމަށް ދައުވާކުރާ ގިނަބައެއްގެ މާބޮޑު ސަމާލުކަމެއް ނުލިބުނުކަމުގައިވިޔަސް ބައެއް މުސްލިމް ފަރާތްތަކުންވަނީ މިޔަންމާގެ މުސްލިމުންނަށް ޙާއްސަ ސަމާލުކަމެއްދީގެން އެހީތެރިވެދީފައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. އިންސާނީ ހައްޤޭ ކިޔާ މިބައިގަޑަކީ ކުފުރާއީ ޝިރުވެސް އެމީހުންގެ ހައްޤެއްކަމަ ބުނެ އަހައްޤު ހޯދަން އުޅޭ ވަކިބަޔެއްގެ ހައްގު ހޯދަން އުޅޭބަޔެއް، އެޔަކީ ދެރަނިކަމެތި އިންސާނުންގެ ހައްޤެއް ހޯދަދޭން މަސައްކަތެއް ކުރާނެބަޔެއްނޫން، ކުފުރުގެ އަހުލުވެރިން ނަކީ މުސްލިމުން ނާއި ދެކުޅު ވުމުގައި ހަމައެއްބަޔެއް، މިއަދު މުސްލިމުން އެކަތިގަޑަވެ ނިކުންނަން އެބަޖެހޭ، އެކަކު އަނެކެއްގެ ކިބައިން ވާޤިހޯދާ ބާރުވެރިވާން އެބަޖެހޭ، ކަންކަމުގައި ޙިކުމަތްތެރި ރޭވުންތެރިކަން ހުނަން ޖެހޭ، އިސްލާމިކު އެޑުމިނެއް ހުރިހާ ދިމާލެއްގައި އޮންނަން ޖެހޭ!

Your email address will not be published. Required fields are marked *

More in އޭޝިއާ