އެހީ!

ތުއްތު އައިމަންއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވާ

ޏ. ފުވައްމުލަކު އައްޑަނަ އަލީ މޫސާ އާއި މަރިޔަމް ޙަސަންގެ 3 ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަކީ މުހައްމަދު އައިމަން އަލީއެވެ. އައިމަންއަކީ އިވުމުން މަޙްރޫމްވެފައި ވާ 11މަހުގެ ތުއްތު ކުއްޖެކެވެ. އައިމަންގެ ބައްޕަ އަލީ މޫސާ ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި ދަރިފުޅު އުފަންވި އިރަކު އެއްވެސް ކަހަލަ މައްސަލައެއް ހުރިކަމެއް އެގިފައެއްނުވެއެވެ. ނަމަވެސް 9 މަސް ފުރުން ފަހުން އަޑު އިވުމުގެ މައްސަލައެއް ހުރިކަން ފާހަގަ ކުރެވުނެވެ. އަދި ވަގުތުން ދަރިފުޅު ގޮވައިގެން މާލެ އައެވެ.

މިތުއްތު ދަރިފުޅު ވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީ އަށް ބޭނުންވެފައެވެ. ލަސް ނުކުރަށްވާ އައިމަން އެހީ ވެދެއްވާށެވެ. މި ތުއްތު ކުއްޖާ ނުކުޅޭދޭ ކުއްޖަކަށް ވިޔަނުދެއްވާށެވެ. ﷲގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާ ފޮތްޗަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތްﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަދާން ނުނައްތާލާށެވެ.

މާލޭގެ ޑޮކްޓަރ ބެއްލެވުމަށް ފަހު މައްސަލައެއް ހުރިކަމަށް ވިދާޅުވިއެވެ. އަދި ކަންފަތުގެ ޓެސްޓެއް ހެދުމަށް ފަހު އަލުން ދެއްކުމަށް ވިދާޅުވިއެވެ. ކަންދިމާކުރި ގޮތުން އެޓެސްޓު ހެދެން ހުރީ މާލޭގެ އެންމެ ކިލްނިކަކުންނެވެ. އަދި އެކިލްނިކުގައި ހުރީ މެޝިން ހަލާކުވެފައެވެ. ދެން އާޢިލާއަށް މަޖުބޫރުވީ އައިމަން ގޮވައިގެން ރާއްޖޭއިން ބޭރަށް ދިއުމަށެވެ. އާސަންދާގެ އެހީއާއި އައްމިލަގޮތުން ފައިސާކޮޅެއް އެއްކޮށްގެން ވަގުތުން އިންޑިޔާގެ ކޮއިންތަޕޫރަގެ ވިކްރާމް ހޮސްޕިޓަލަށް ދެއްކިއެވެ. އަދި އެތަނުގެ ޑޮކްޓަރު ބެއްލެވުމަށް ފަހު އައިމަންއަކީ އަޑުއިވުމުން އަދި ވާހަދެއްކުމުން މަހޫރުވެފައިވާ ކުއްޖެއް ކަމުގައި ވިދާޅުވިއެވެ.

އަދިި މިހާ ތުއްތު އުމުރެއްގައި އޮޕަރޭޝަން ކުރެވިއްޖެނަމަ އެއްކޮށް ރަނގަޅު ވާނެކަމުގެ ޔަޤީން ކަން ޑޮކްޓަރ ދެއްވިއެވެ. އަދި މި އޮޕަރޭޝަންއަށް ހޭދަވަނީ އިންޑިޔާގެ ރުޕީސްގެ 975000 އެވެ. އެއީ ދިވެހި ރުފިޔާއިން 334000 އެވެ. ނަމަވެސް އާޢިލާގެ އެވަރުގެ ތަނަވަސްކަން ނުތުމުން ފައިސާ ހޯދުމަށްޓަކައި ރާއްޖެ އެބުރުއައީއެވެ. އައިމަންގެ ބައްޕަ މަޢުލޫމާތު ދިންގޮތުގައި އާސަންދާއިން އެހީ ލިބޭގޮތް ފަހުން ނުވީ އިންޑިޔާއިން ފަރުވާކުރުމަށް އެހީ ކަނޑައެޅިފައި ނުވާ ސިޓީއަކުން ފަރުވާ ކުރީތީކަމަށެވެ.

މިތުއްތު ދަރިފުޅު ވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީ އަށް ބޭނުންވެފައެވެ. ލަސް ނުކުރަށްވާ އައިމަން އެހީ ވެދެއްވާށެވެ. މި ތުއްތު ކުއްޖާ ނުކުޅޭދޭ ކުއްޖަކަށް ވިޔަނުދެއްވާށެވެ. ﷲގެ މަގުގައި ހޭދަ ކޮށްލޭ އެންމެ ބައިރުފިޔާ ފޮތްޗަކީ ވެސް ގެއްލިގެން ދާނެ އެއްޗެއް ކަމުގައި ހީނުކުރާށެވެ. މާތްﷲ ތިބާގެ މުދަލުގައި ބަރަކާތް ލައްވާނެއެވެ. މާދަމާ ތިބާ ވެސް އެހެން މީހުންގެ ކިބައިން އެހީތެރިކަން ބޭނުން ވެދާނެކަން ހަދާން ނުނައްތާލާށެވެ.

އިތުރު މައުލޫމާތު ބޭނުން ނަމަ އައިމަންގެ ބައްޕަ އަލީ މޫސާ 7954263 މިނަންބަރާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެފަރާތުން އެދެއެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުންވާ ފަރާތަކުން މަރިޔަމް ޙަސަން ކޮކާގެ ޏ. ފުވައްމުލަކު (ކުއްޖާގެ މަންމަ)ގެ ނަމުގައިވާ ބޭންކު އޮފް މޯލްޑިވުސްގެ އެކައުންޓް (101 432065 7711 )ޖަމާއުކޮށް ދެއްވުން އެދެވެ. އަދި ފޯނުން ގުޅުވައިގެން ފައިސާ ޖަމާއުކޮށް ދެއްވަން ބޭނުންވާ ފަރާތްތަކުން މިދަންނަވާ ބޭފުޅުންނާއި ގުޅުއްވުން އެދެވެ.

މާލޭ ސިޓީއިން : ޢަބްދުލް ލަތީފް / ފޯން : 7917679

އައްޑޫ ސިޓީއިން : މުޙައްމަދު ޙުސެއިން / ފޯން : 9993010

ފުވައްމުލަކުން : އަޙްމަދު ޙުސެއިން / ފޯން : 9990410.

މުހައްމަދު އައިމަން އަލީގެ ބައްޔާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ދިއިސްލާމްއަށް ލިބިފައިވެއެވެ*

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in އެހީ!