ކުޑަކުދިންނަށް އަމާޒުކޮށްގެން ”އޭ ލޯބިވާ ކޮއްކޮފުޅާ އޭ" ގެ ނަމުގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ވަރަށް ޚާއްޞަ ދަރުސެއް ބާއްވަން ނިންމައިފިއެވެ..
ދިއިސްލާމަށް ޚަބަރުލިބިފައިވާ ގޮތުގައި މި ދަރުހަކީ އުޙުތުންތަކެއް އިސްނަގައިގެން ބާއްވާ ދަރުހެކެވެ. މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 07 ސެޕްޓެމްބަރ 2012 ވާ ހުކުރު ދުވަހުގެ ހަވީރު 4:15 ގައި އިސްލާމީ މަރުކަޒު ހޯލުގައި ކަމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން މައުލޫމާތު ދެއްވިއެވެ.
މިދަރުހުގައި ވީހާވެސް ގިނަކުދިން ބައިވެރިކޮށްދެއްވުމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން އެންމެހައި ބެލެނިވެރިންގެ އަރިހުން އެދިލައްވައެވެ. މިދަރުސް ރޭޑިޔޯ އެޓޯލިން ލައިވު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

















advertisment
ވަރަށް ރަނގަޅުކަމެއް، ތި ދަރުސަކީ އަޅުގަނޑު އެދަރުހަކަށް އެދި އެދި ހުރި ދަރުހެއް
އަޅުގަނޑުމެން ރަށްފުށަށްވެސް ތިޔަފަދަ ދަރުސްތައް ގެނެވޭނެ މަގު ތަނަވަސްކޮށްދެއްވާ!