ރާއްޖޭގެ ޚަބަރުދިއިސްލާމް

ރުޤްޔާ ޝަރުޢިއްޔާގެ ލުއިފޮތްތަކެއް ބަހައިފި

ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސްއާއި މައިތިރި ވެބްސައިޓްގެ ފަރާތުން ލުއިފޮތްތަކެއް ހިލޭބަހައިފިއެވެ.
މިލުއި ފޮތްތަކަކީ ރުޤްޔާއާއި ބެހޭ ސައްޙަ މަޢުލޫމާތު ވީހާވެސް ގިނަބަޔަކަށް ފަސޭހަކަމާއިއެކު ލިބޭނެގޮތް ހަދައި ދިވެހިރާއްޖެ ޒަމާނުއްސުރެ ވެއްޓިފައިވާ ޝިރުކާއި ޚުރާފާތުގެ އަނދިރިކަމުން ސަލާމަތްކޮށް ހޭލުންތެރި

ކުރުވުމަށްޓަކައި ތައްޔާރުކުރި ލުއިފޮތެކަމަށް ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސްއިން މައުލޫމާތު ދިނެވެ.
އަދި ފަންޑިތައިގެ ނަމުގައި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ކަންކަމުގެ ޙަޤީޤަތްތަކާއި، ޤުރުއާނާއި ސުންނަތުގެ އަލީގައި، އަދި ތަޖުރިބާތަކުގެ އަލީގައި އެކަންކަމުގެ ޙަޤީޤަތާއި ބަޔާންކޮށް ތައްޔާރުކުރެވިފައި ވިމާ ލުއިފޮތް ވަނީ ރޭގެ ޢިޝާނަމާދަށްފަހު މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ހިސާބުތަކުގައި ބަހާލެވިފައެވެ .އަދި ރާއްޖެތެރޭ އަށް ވަރަށް އަވަހަށް ބަހާނެކަމުގައި ވެސް ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް މައުލޫމާތު ދިނެވެ..

މިލުއިފޮތްތަކަކީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި ތައްތާރުކުރި ފޮތެއްކަމަށާއި އަދި ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ފޮތްތަކެއް ވެސް ނެރޭނެކަމުގައި ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސް ފަރާތުން އަޖުނާދު އަލީ ވިދާޅުވިއެވެ. މިލުއިފޮތް ޑައުންލޯޑްކޮށްގެންނާއި ޕްރިންޓްކޮށްގެން ވީހާވެސް ގިން ފަރާތްތަކަށް ބެހުމަކީ ސްޕިރިޗުއަލް ހީލާރސް އޮފް މޯލްޑިވްސްއިން ވަރަށް އެދޭ ކަމެއްކަމަށް ބުންޏެވެ.

 

ގުޅުންހުރި

6 ޚިޔާލު

  1. މި ލުއިފޮތް ޑައުންލޯޑް ކުރާނީ ކިހިނެއް؟؟ އަޅުގަނޑުވެސް ބޭނުން މި ފޮތް!!

  2. ޑައުންލޯޑް ކުރެވޭނެ ލިންކެއް ނެއްތަ؟

  3. ތިފޮތް ޑައުންލޯދްކުރެވޭނެ ސައިޓެއްވެސް ލިޔެލިނަމަދޯ.

  4. ޑައުންލޯދްކުރެވޭނެ http://www.maithiri.com ، އިންޝާﷲ

  5. http://maithiri.com/?p=665 ނުވަތަ http://maithiri.com އިން މިފޮތް ޑައުންލޯޑް ކުރެވޭނެ.

Your email address will not be published. Required fields are marked *