އަރަބިދުނިޔެ ސިފައިންގެ ދެ މީހަކު މަރާލުމުގެ ކުށުގައި އެމެރިކާ ސިފައިންގެ މީހަކަށް އަދަބު ދެނީ

ސިފައިންގެ ދެ މީހަކު މަރާލުމުގެ ކުށުގައި އެމެރިކާ ސިފައިންގެ މީހަކަށް އަދަބު ދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

ސިފައިންގެ ދެ މީހަކު މަރާލުމުގެ ކުށުގައި އެމެރިކާ ސިފައިންގެ މީހަކަށް އަދަބު ދިނުމުގެ ފުރިހަމަ ތަހުގީގެއް ހިނގަމުންދާކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ.

އިރާގުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ލަޝްކަރުގެ އެތެރޭގައި ހިނގި މިބަޑިޖެހުމުގެ ހާދިސާ ހިނގަން ދިމާވީ ސިފައިންގެ ތިން ރަހުމަތްތެރިން  މެދުގައި ހިނގި އަރާރުމެއްގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ. އޭގެ އިތުރުން އެއްވެސް މައުލޫމާތެއް އެމެރިކާގެ ލަޝްކަރުން ހާމަކޮށްފައިނުވާ މިމައްސަލާގައި މަރުވެފައިވަނީ 20 އަހަރާއި 26 އަހަރުގެ މީހެއްކަމަށް ހަބަރުތަކުން ބުނެއެވެ. ސެޕްޓެމްބާރ މަހު ހިނގާފައިވާ މިހާދިސާގައި ބަޑިޖެހި ސިފައިންގެ މީހާ މިހާރުވަނީ ހައްޔަރުގައި ކަމަށާއި މިމައްސަލައާއި ބެހޭ އިތުރު ތަހުގީގުތައް ހިނގަމުންދާކަމަށްވެއެވެ.

ފަހަކަށް އައިސް އެމެރިކާގެ ލަޝްކަރުގެ އެތެރޭގައި ދަނީ މިފަދަ ކަތިލުންތައް އިތުރުވަމުންނެވެ. އަމިއްލައަށް މަރުވުމާއި ގޮތް ނޭނގޭ ގޮތައް މަރުވެފައިވާ މީހުން ފެނުން އިތުރުވެފައިވާކަމަށް ރިޕޯޓްތަކުން ދައްކައެވެ. އެމެރިކާގެ ހަނގުރާމަތައް ކާމިޔާބުވުމުގެ ކޮޅުމަތި ފެންނަމުން ނުދާއިރު އެމީހުން އެމީހުންނަށް ބަޑިޖަހާ ދަނީ މަރުވަމުންނެވެ.

ޓެގް

ހަމަލާ އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.