ރާއްޖޭގެ ޚަބަރު

އުމުރާ އިން އަންނަ މީހުންނަށް އެއާޕޯޓުގައި ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ

ފޮޓޯ: އެމްއެންޑީއެފް

ފޮޓޯ: އެމްއެންޑީއެފް

ސައުދީއަރަބިއްޔާ އިން އުމުރާގެ އަޅުކަން އަދާކުރުމަށް ފަހު އަންނަ މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

މިގޮތުން އުމްރާއިން އަންނަ މީހުންގެ ފޮށިތަންމަތި ޓްރޮލީއަށް ލައިދިނުމާއި އެފަރާތްތަކުން ގެނެސްފައި ހުންނަ ތަކެތި އުފުލައިބާލައި ދިނުމުގެ އިތުރުން އެއާޕޯޓްގެ ތެރޭގައި އުޅޭ އުޅުމުގައި އެފަރާތްތަކަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންގެންދާކަމަށް ޚަބަރު ލިބެއެވެ. އެމްއެންޑީއެފް އިން ހާމަކުރައްވާ ގޮތުގައި އުމްރާއިން ވަޑައިގަންނަވާ ބޭފުޅުންނަށް އެހީތެރިވެދިނުމުގެ ގޮތުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމްއެންޑީއެފް މާލޭ އޭރިއާ ހުޅުލޭ ޕޯސްޓްގެ ސިފައިންނާއި، ހުޅުލޭ ޕޯސްޓްގައި ޤާއިމްވެފައިތިބޭ މެރިންސް ސިފައިން އަދި ސަޕޯޓް ސާރވިސްތަކުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 500 އަށްވުރެ ގިނަ ފަރާތްތައް ޢުމްރާގެ އަޅުކަން އަދާކުރުމަށްފަހު މާލެ އައިސްފައިވާއިރު، ޢުމްރާއިން އަންނަ ހުރިހާ ފަރާތްތަކެއް އައިސް ނިމެންދެން މިމަސައްކަތުގައި ސިފައިން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

އުމުރާ އިން އަންނަ އެންމެ ފަހު ގުރޫޕް މާދަމާ އަންނަ ގޮތަށް ހަމަޖެހިފައިވާ އިރު ފުރަތަމަ ފްލައިޓް އައީ މިދިޔަ ބުދަ ދުވަހު އެވެ.

ގުޅުންހުރި

5 ޚިޔާލު

  1. ދިވެހި ސިފައިން ދިވެހި ޤައުމަށްޓަކައި ތިކޮއްދެއްވާ އޙުލާސްތެރި ޙިދުމަތަށް އައްސެރިބަހާއި ސާބަސްކިޔަން، ދިވެހި ސިފައިން ނަށް ބާއްޖަވެރި ދުވަސް ތަކަށް އެދެން! ތިޔައީ ޤައުމުގެ ދަރިން ޤައުމުގެ ޢަބުތާލުން، ކަންކަމާއި ކެރިގެން ހިކުމަތް ތެރިކަމާއި އެކުކުރިމަތިލާ ކަންކަން ހައްލު ކުރުމަށް ﷲ ގެ ވާގިފުޅާއި އެކުމަސައްކަތް ކޮއްދެއްވުން އެދެން ﷲ ތިބޭފުޅުންގެ އިޙުލާސްތެރި މަސައްކަތުގައި ބަރަކާތް ލައްވާށި! ޤައުމަ ޙިދުމަތް ކުރުމުގައި ތިގޮތުގައި ދެމިތިއްބަކާ! އިހުސާންތެރިން އަޖުރު ބޭކާރު ﷲ ނުކުރައްވާނެ!

  2. ސާބަސް! ތިއީ މިޤައުމުގެ ފަޚުރު، ކޮށްމެ ކަމެއްޖެހުނަސް ފަސްނުޖެހޭ ހިތްވަރުގަދަ ބަތަލުން! ޝުކުރިއްޔާ!!

  3. މާޝާﷲ ތިޔަކުރައްވާ މަތިވެރި ޙިދުމަތަށް ސާބަހާއި ޝުކުރުދަންނަވަން. ލޮބުވެތި ސިފައިންނާއި ފުލުހުންނަށް ސެލިއުޓުކުރަން. ތިގޮތުގައި ކުރިއަށް.

  4. ދިވެހި ސިފައިންނާއި ފުލުހުންގެ ޚިދުމަތް ތަރައްޤީވެފައިވާ މިންވަރު މިހާރުވަރަށްރަނގަޅަށް އެބަހާމަވޭ، ދެންނެވެނީ ފަށްފަށުން ޝުކުރިއްޔާއެވެ.

  5. މާތް ﷲ، ރާއްޖޭގެ ސިފައިންނާއި ފުލުހުން ދިވެހިރައްޔިތުންނަށް ކޮށްދެއްވާ އަގުހުރި ޚިދުމަތްތަކުގެ ބަދަލުގައި އެ ހުރިހާ ބޭފުޅުންނަށް ގިނަގުނަ ސަވާބާއި ދަރުމަ ކިންވަރު ކުރައްވާށިއެވެ. އާމީން!

Your email address will not be published. Required fields are marked *