އިސްލާމްދީނަކީ، އެކުވެރިކަމާއި، އެއްބައިވަންތަކަމަށް ގޮވާލާދީނެކެވެ. ބައިބައިވެ، ވަކިވަކިވެގަތުން ނަހީކުރައްވާދީނެކެވެ. ބައިބައިވެ ނިކަމެތިވެފައިވާ މުޖުތަމަޢުތައް، އިސްލާމްދީނުގެ ސަބަބުން އެކުވެރިވެ، އެކަތިގަނޑަކަށްވެ، އޭގެ ސަބަބުން ﷲ އެބައިމީހުން ޢިއްޒަތްތެރިކުރައްވައި، އާރާއި، ބާރު އެބައިމީހުންނަށް ދެއްވާފައިވާ މަންޒަރު، އިސްލާމީ ތާރީޚު ދިރާސާކޮށްލުމުން ފެނިގެންދާނެއެވެ. ކަންމިހެންހުރިކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޖީލާހަމަޔަށް އިސްލާމްދީން އައިސް، އަޅުގަނޑުމެން މިދުނިޔެއަށް ނޭވާލީހިސާބުންފެށިގެން، ފެނިގެން މިދަނީ ދުނިޔޭގެ އެކިހިސާބުތަކުގައި، މުސްލިމުންނަށް އަނިޔާކުރެވި، ނިކަމެތި ކަންލިބެމުންދާ މަންޒަރެވެ. އިސްލާމީ ޤައުމުތަކޭ މިކިޔާ، މުސްލިމް ވެރިން ވެރިކަން ކުރަމުންދާ ޤައުމުތަކުގައިވެސް ކަންއޮތީ ހަމަ މިބީދައިންނެވެ.
1924 ގެ ކުރިން މުސްލިމުންވީ އެއްދިދައެއްގެ ދަށުގައެވެ. އެއްވެރިއެއްގެ އަމުރަށް ކިޔަމަންވެގެން އެކުވެރިކަމާއި، އެއްބައިވަންތަކަމުގައެވެ. މުސްލިމުން އެއްބައިވަންތަކަމާއެކު އުޅޭތަން ފެނުމުން ކާފަރުންނާއި މުނާފިޤުންނަށް މިކަންވީ އެބައިމީހުންނަށް ކެތްކުރަންދަތި ކަމަކަށެވެ. އަދި މުސްލިމުންބައިބައި ކޮށްލެވޭނެ ދަނޑިވަޅަކަށް ބަލަބަލައި، އެކަމުގެ ރޭވުންތަށް މިބައިމީހުންދިޔައީ ރެޔާދުވާލު ކުރަމުންނެވެ. މިގޮތުން 1924 ގައި، އޭރު އޮތް އިސްލާމީ ޚިލާފަތު ވައްޓާލައި، އިސްލާމީ ޤައުމުތަކަށްއަރައި، އެތަންތަން ސުންނާފަތިކޮށް، ތަފާތު ޤައުމުތަކަށް ބަހާލައި، އެބައިމީހުންގެ އިސްތިޢުމާރުގެ ދަށަށް ގެންގޮސް، ޤައުމުތަކުގެ އިންފާރުތަކެއްލައި، އެޔަށްފަހު ވަކިވަކި ދިދަތަކެއް ކޮންމެ ޤައުމަކަށްދީ މުޅި އިސްލާމީ އުއްމަތް ބައިބައި ކޮށްލެވުނެވެ. މިކަންތައްތަކުގައި ކާފަރުންގެ މަދަދުޤާރުންނަށްވީ އެބައިމީހުންގެ ތެރެއިން ތަޢުލީމު ޙާސިލްކޮށްގެން، އެބައިމީހުންގެ ތެރޭގައި ތަރުބިއްޔަތުވެފައިވާ، މުސްލިމުންގެ ނަމުގައި ތިބި ބޮޑެތި މުނާފިޤުންނެވެ. އަދި ކާފަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޖޫރައެއްގެ ގޮތުން، މިބައިމީހުންނަށް އެޤައުމުތަކުގެ ވެރިކަން ހިންގުމުގެ ބާރުދެވުނެވެ. މިހިސާބުން މުސްލިމުން މުސްލިމުންނަށް އަނިޔާކޮށް، މުސްލިމް ޤައުމުތައް އެއްޤައުމު އަނެއްޤައުމާ ޖެއްސުމުގެ އެތައްކަމެއްވެސް މިކާފަރުންތަށް ކޮށްފައިވާކަން ތާރީޚު ދިރާސާކުރައްވާ ކޮންމެ ބޭފުޅަކަށްވެސް ފެނިގެންދާނެއެވެ. އިސްލާމީތާރީޚުގެ މާޒީގައި ހިނގާފައިވާ މިހިތާމަވެރި ކަންކަމަށްފަހުގައިވެސް، އަދިވެސް ކާފަރުންނާއި މުނާފިޤުން އެދަނީ އިސްލާމުންނަށް ލޯއަޅަމުންނެވެ. އިސްލާމީ ޤައުމުތަކުގެ ބާރު މިބައިމީހުންގެ އަތުން ބީވާކަމުގެ އިޙުސާސް މިއަދު އެބައިމީހުން އެދަނީކުރަމުންނެވެ. އެބައިމީހުން އެންމެ ބިރުގަންނަ އިސްލާމީ ވެރިކަމެއް މި ބިންމަތީ ޤާއިމުވެދާނެތީއެވެ. މިގޮތުން އިސްލާމީ ޤައުމުތަކުގައި ތިބި، މިބައިމީހުން ބޯއެއްޗެހިބޮއެގެން، މިބައިމީހުންކައިރިން ތަރުބިއްޔަތުވެފައިވާ، މުސްލިމުންގެ ނަމުގައިތިބި މުނާފިޤުންގެ އެހީތެރިކަމުގައި، މިނިވަންކަމާއި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުގެ ނަމުގައި ޤައުމުތަށް އަޅުވެތިކުރަން މިބައިމީހުން މިދަނީ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. ހިތާމަހުރި ކަމެކެވެ. ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިމިވާ، އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭއަށްވެސް މިވަބާ މިވަނީ ޖެހިފައެވެ. އެތައްޒަމާނެއްވަންދެން ކާފަރުންތައް ލޯއަޅަމުން އައިސް މިއަދު އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެ މިވަނީ އެބައިމީހުންގެ ޝިކާރައަކަށްވެފައެވެ. މިއަދު އަޅުގަނޑުމެންގެ މިޤައުމު މިވަނީ، ހަމަ ދެންމެދެންމެ ދިރުވާލަފާނެއޭ ހީވާ ހިސާބުގައެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސްވަރުވެސް މިޤައުމު ހިފަން އެވެރިން މަސައްކަތް ކުރިއެވެ. އަދި އެކަމަށް އެހީވިބަޔަކުވެސް މިޤައުމުގައި ވިއެވެ. އެކަމަކު އެދުވަހު އަޅުގަނޑުމެންގެ ކާބަފައިން އިސްލާމްދީނާ، ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކޮށް އެކާފަރުންގެ އަތްދަށުން މިނިވަންކޮށް މިޤައުމު މިނިވަންކަންމަތީގައި އަޅުގަނޑުމެންނާއި ހަމައަށް މިވަނީ ﷲގެ ވާޤިފުޅާއެކު ފޯރުކޮށްދީފައެވެ. އެދުވަހު އަޅުގަނޑުމެންގެ ކާބަފައިންގެ ކަރަށް ރާއަޅައި، ނަޞާރާދީނަށް ބޯލަނބާށޭކިޔައި ކަނޑިއުރައިންދަމައިގަނެ، ކަރުގައި ޖެއްސިއެއްކަމަކު އެބައިމީހުންގެ ޢަޤީދާގެ މަތީގައި ސާބިތުވެ ތިއްބަވާގެން ޖިހާދުކުރެއްވިއެވެ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ރާބޯންދީ، އަދި އަޅުގަނޑުމެން އިސްލާމްދީނުން ބޭރުކުރަންމިމަސައްކަތް ކުރަމުންދަނީ، މާތްވެގެންވާ 'ކޮރު' ޑިމޮކްރަސީގެ ނަމުގައި، ހަމަ އަޅުގަނޑުމެންގެ ތެރެއިންވާ ދިވެހިންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިބައިމީހުންގެ ގާތުގައި، އިންސާނީ ހައްޤުތަކާ، މިނިވަންކަންވެސް މިއޮންނަނީ ﷲ ނަހީކުރެއްވި ހުރިހާ ފާފައެއްކުރާށެވެ. މުސްލިމް ދިވެހިރައްޔިތުންނޭވެ! ވިސްނާލައްވާށެވެ. ޑިމޮކްރަސީގެ ނަމުގައި މިއަދު އަޅުގަނޑުމެން މިތިބީ ބައިބައި ކުރުވާފައެވެ. މިއީ ހަމަ އަޅުގަނޑުމެން ލޮލުން ބޮލުން ބަލައިގަނެ އަޅުގަނޑުމެންގެ (ގިނަމީހުންގެ) ފުރިހަމަ ތާޢީދާއެކު މިޤައުމަށް ގެނައި ބޮޑު މުޞީބާތެކެވެ. ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަން މިއަދު ކޮބައިތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައިވި އިސްލާމީ ރިވެތި އަޚްލާޤު މިއަދު ކޮބައިތޯއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުން މިއަދު ކޮބައިތޯއެވެ. އިސްލާމީ އުއްމަތުގެ އެކިދިމަދިމާލުން އިސްލާމީ ޚިލާފަތުގެ އަޑުގަދަވެފައިވާ މިދުވަސްވަރުގައިވެސް އަޅުގަނޑުމެން ހަމަ މިގޮތުގައި ތަޅާފޮޅާ ތިބޭނީތޯއެވެ. އަޑުއައްސަވާށެވެ. ޑިމޮކްރަސީ އަޅުގަނޑުމެން ބައިބައި ކުރުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް އެކަން އޮންނާނީ އެގޮތަށެވެ. ސަބަބަކީ އެއީ އެކަމަށް (ބައިބައި ވުމަށް) ގޮވާލާ އެއްޗެކެވެ. އޭގެ އަސްލަކި މުސްލިމުން ނިކަމެތި ކޮށް މުސްލިމް މުޖުތަމަޢުތައް ފަސާދަކުރުމެވެ. އެކަމަކު އިސްލާމްދީން އަޅުގަނޑުމެން އެކުވެރި ކުރާނެއެވެ. ނުކުރާނީ ކީއްވެތޯއެވެ. އެދީނަކީ، މިއިންސާނާ ހެއްދެވި ފަރާތުން އިންސާނުން އުޅެން ރުހިވޮޑިގެން ބާވާލެއްވި ހަމައެކަނި ގޮތެވެ. (ދީނެވެ.) އެދީން ގޮވާލަނީ އެކުވެރިވުމަށެވެ. އެއްބައިވުމަށެވެ. އެއްބަނޑުއެއްބަފާކަމުގެ ގުޅުން ޤާއިމުކުރުމަށެވެ. ވެރިންނަށް ކިޔަމަންވުމަށެވެ. (ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައެވެ.) ފާފަތަކުން ދުރުވުމަށެވެ. ޙަޤީޤަތަކީ، އަދިވެސް އަޅުގަނޑުމެން ދިވެހިން އިސްލާމްދީން ދެކެ ލޯބިވާކަމެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އީމާންތެރިކަން ވާކަމެވެ. އެކަމުގެ ހެއްކަކަށް އިސްލާމްދީނުގެ ނަމުގައި މިޤައުމުގައި ކުރެވިފައިވާ މުޒާހަރާތައްވެސް ފުދެއެވެ. ދީނީ ދަރުސްތަކަށް މީހުންދާވަރުން އެކަން އެނގެއެވެ. އެންމެ ފަހުން އަޅުގަނޑުމެންގެ ލޯމައްޗަށް ފެނިގެން މިދިއަ، މިއަހަރުގެ ފިޠުރު ޢީދުދުވަހުގެ ބޮޑު ޖަމާޢަތުންވެސް އެކަން އެބަ އެނގެއެވެ. މިޤައުމުގައި ވަޅުޖެހިފައިވާ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތެއް (ޢީދުނަމާދު ހާމަ ތަނެއްގައިކުރުން) ދިރުވުމަށްޓަކައި އެތަނަށް އެއްވިމުސްލިމުންގެ ޢަދަދުން އެކަނިވެސް އެކަން އެނގި ހާމަވެއްޖެއެވެ. އެއީ އަޅުގަނޑުމެން މުސްލިމުންގެ ޖަމާޢަތް އޮންނަންވީ ގޮތުގެ ރިވެތި މިސާލެއް ދައްކުވައިދިން ވަޤުތުކޮޅެކެވެ. އަވަސްވެ ގަންނާށެވެ. އަދިވެސް ވަޤުތު އެބައޮތެވެ. މުސްލިމުން ބައިބައިކުރުވަން އުޅޭ މި ޑިމޮކްރަސީ މިޤައުމުން ބޭރުކޮށް އިސްލާމީ ޝަރީއަތް ޤާއިމުކުރަން މަސައްކަތް ކުރަމާ އަންނާށެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ތަރުބިއްޔަތުކޮށް، ހެޔޮކަމަށް އަޅުގަނޑުމެންގެ ނަފުސުތައް ހާނުވައި، އިސްލާޙުވަމާ އަންނާށެވެ. އަޅުގަނޑުމެންގެ ގުޅުންތައް އިޞްލާޙު ކުރަމާ އަންނާށެވެ! ނަޞްރާ މަދަދު ލިބުން ވަނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ.

















މި ވެރިކަމުގައި ބުދުގެނައި ވަހީފު އިންޑިއާއިން ބުދު ގެނައި ވާހަކައާއި އަދި ވަހީދު ދަރިފުޅު ބުދު ޕްރޮމޯޓް ކުރާ ވާހަކަ އަދި ވަހީދު މަރަށް މަރުގެ ހުކުމް ތަންފީޒު ނުކޮށް ލަސްކުރަމުން އިސާލާމީ ޝަރީއަށް ޤާއިމް ނުކުރުމަށް އެކުރާ މަސައްކަތް ކުއްވެރި ނުކުރީތީ ހިތާމަ ކުރަމެވެ.
ޝޫރަތުން އަންޢާމް ގެ 152 ޙައްޤާއި ހަމައާއި އިންސާފުން ކަންކަންކުރުމަށް ގޮވާލާފައެވެ. އެހެންކަމުން ދި އިސްލާމް އިން ނަޝީދުގެ ޑިމޮކްރަސީ ކުއްވެރިކުރާ ބީދައިން ވަހީދުގެ މި އަމަލުތައް ކުއްވެރި ނުކުރާތި ސުވާލު އުފެދެއެވެ.
ދަންނަވަންތޯއެވެ. މި އަދު މި ރާއްޖޭގެ އިސްލާމީ ހާލަތައްވުރެ ޑީމޮކްރަސީ ގޮވާލާ ކަންކަން އިސްލާމްދީނާއި މާ ބޮށްށްވެސް ރައްޓެއްސެވެ. މި ޒްމާނުގެ ޑިމޮކްރަސީ އިސްލާމް ދީނާއި ދުވަހަކަށް ވުރެ ދުވަހެއް ކައިރިވަމުންދާ ކަމީ ދެބެސް ވެވެން ނެތް ހަޤީޤަތެކެވެ.
ނަމަވެަސް ހިތާމައަކީ ޑީމޮކްރަސީވެސް ބޮލާލާޖަހާލައި ދުވަހަކަށް ވުރެ ދިވެހިން ދީނާއި ދުރަށް ގޮސް ދީނީ އިލްމުވެރިން ދީނުގެ ނަމުގައި އެކި އެކި ފައިދާ ނަގަމުން ދާ ކަމެވެ.
ޙިތާމަ ހުއްޓެވެ. ކޮމެންޓް އެޕްރޫޕް ކުރުމުގެ ޤާބިލުކަން ތިބޭފުޅާއަށް ﷲ ސުބުހާނަޖޫ ވަތައާލާ މިންވަރު ކޮށްދެއްވާށީ!
ބުނަން މިކަންކުރަން މާލަސްވެސްވެއްޖެ، އަވަސް ކެންޕޭނެއް ފަށަންވެއްޖެ، ރޭޑިއޯ،ޓީވީ،ނޫސް،އިންޓަނެޓް މެދުވެރިކޮށް ދިގުމުއްދަތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ތަކެއްފަށަމާ
ވަެރަށްވެސް ފުރިހަމަ ލިއުމެއް. މިފަދަ ލިއުންތައް ވީހާވެސް ގިނަކުރަންވީ، ދަރުސްތަކުގައިވެސް މިހާރު މިކަމަށް އަލިއަަޅުވާލައި މިވާހަކަ ގިނަގިނައިން ދައްކަންވެއްޖެ. މިޑިމޮކްރަސީ އަކީ މިގައުމުން މިހާރުން މިހާރަށްވެސް ނައްތާލަންވެފައި ބޮޑު ވަބާއެއް.
ނަޝިދަށް ދިވެހިން ވަރަށް އުއްމީދާއި އެކު ވެރިކަން ދިނީމަ ނުލަފާކަން ދައްކަން އިސްތިއުފާ ދީ އޭގެ ފަހުން ބަޢާވަތޭކޭ ބުނެ ޤައުމު ފިތުނަވެރި ކުރުވާ އިންގިރޭސިންގެ ރޭވުމުގެ ދަށުން އެކަން ތަހުޤީގު ކުރަން ކޮމިޝަނެއް އުފައްދާ އެތަކެއް ފައިސާއެއް އިންގިރޭސިން ނަށް ލިބޭގޮތަށް ކަންކަން ރާވަނީ ހަމަ އެހެން މީހުން ނިދާފަ ތިބީކަމަށް ހީކޮށްބާ؟ ދިވެހިރާއްޖެ އަޅުވެތިކޮށް ބޭރުގެ ނުފޫޒު ރާއްޖެޔަށް ވައްދަން ނަޝީދާއި އިންގިރޭސި ޔަހޫދީން ކޮށްފައިވާ ކަންތަށް ނިކަން ބަލާބަލަ ހުޅުލޭ އެއާރްޕޯޓް ޔަހޫދީން ނަށް ކުއްޔަށް ދިނުމާއި، ދިރާގުގެ ހިއްސާ ޔާހޫދީ އިންގިރޭސިން ނަށް ވިއްކުމާއ، ފެންކުން ފުނީގެ ހިއްސާ ޔަހޫދީ އިންގިރޭސިން ނަށް ވިއްކުން، މިއިން ކޮންމެކަމެއްގެ އަޑީގައި އޮތީ އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ޔަހޫދީ އެމްބަސީ ކަމީބޮޑު ސިއްރެއް!
ޙައްޤަކާއި ނުލައި މީހުން މަރާމީހުންގެ މައްޗަށް މިރާއްޖޭގައި މަރަށްމަރުހިފުމުގެ ޙުކުމު ތަންފީޒުކުރާނީ ކޮންދުވަހަކުންބާ؟ ރަޢީސްގެ ޢާއިލާގެ މީހަކު ނޫނީ ތިމާގެމީހަކު މަރާލުމުންތޯ؟ ހިތާމަހުރި! ރައްޔިތުންގެ މަޖިލިސްވެސް މިވަނީ އިސްލާމީ ޝަރީޢަތާއެއްގޮތަށް ޤާނޫނުތައް ހެދުމަށް ފަސްޖެހިފައި. އުއްމީދުކުރިން ބަރަކާތްތެރި ރަމަޟާންމަހުގައި ރައްޔިތުންގެ ކުރިމަތީގައި މިކަން ކުރާތަން ފެންނާނެކަމަށް. އެކަމަކު އެމްޑީޕީއާއި މަޖިލީހުގެ ރައީސާ ގުޅިގެން މިފަދަ މުޙިއްމުކަންކަން ކުރުމަށް ހުރަސްއަޅަނީ. ކުށްކުރާމީހުންނަށް އިސްލާމީ ޝަރީޢަތުގައިވާގޮތަށް ޙައްޤުއަދަބުދިނުމުން އިންޝާﷲ މިރާއްޖެ އަމާން ސުލްޙަވެރިތަނަކަށްވާނެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ޝެއިޙް އިމްރާން އަކީ މިރާއްޖެގެ ވެރިއަކަށް އެންމެ އެކަށޭނެ ބޭފުޅެއް. އެއީ އިސްލާމީ ޝަރީޢަތާއެއްގޮތަށް ހުރިހާކަމެއްކުރައްވާނެކަމަށް 100% ޔަޤީންކަން އޮތް ބޭފުޅެއް.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަކީ މިޤަޢުމުގެ ހަލާކު. ޑިމޮކްރަސީއަކީ ކޮބައިބާ؟ މިރާއްޖޭގައި ޑިމޮކްރަސީއޭ ކިޔައިގެން ބޮޑާކަމާއި ކިބުރުވެރިކަން ދެއްކި 3 އަހަރުގެ ވެރިޔާއަށް ﷲ މެދުވެރިކުރެއްވި ގޮތް އަހަރެމެންނަށް ޢިބުރަތަކަށް ނުވޭތޯ؟ އެފަދަ ރަޙުމުކުޑަ އަނިޔާވެރި ދޮގުވެރި ވެރިއެއް އަހަރެންގެ ހަޔާތުގައިވެސް އަދި މިހާތަނަށް މިރާއްޖެއިން ނުދެކެން.
ތެދެކެވެ. ޑިމިކްރަސީއަކީ މިލިޔުމުގައިވާފަދައިން މުސްލިމުންބައިބައިކުރުމެވެ. ހިތާމައަކީ މިރާއްޖޭގައިވެސް މިކަމުގެ އަވާގައިޖެހި ޑިމޮކްރަސީ ފުރިހަމަ ނުވެގެން އުޅޭ ބަޔަކު އުޅޭތީއެވެ. އެބައިމީހުންނަށްވެސް ﷲ ހެޔޮ ވިސްނުންދެއްވާ ޙައްޤުގެ މަގަށް ރުޖޫޢަކުރައްވާށި. ﷲ އަށް ބިރުވެތިވަމަތޯ.
ދިއިސްލާމް އަދި ރާއްޖެއިސްލާމް އިން މިފަދަ މަޢުލޫމާތުތައް ގެނެސްދޭތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރަން. އަދި ފަޒީލަށް ތާޢީދެވެ.
އަޅުގަންޑުމެން ދިވެހިން ހައްޖަދާން މަގުއަމާންކޮށް ދަތުރު ފަސޭހަ ކުރުމުގެ ގޮތުން ސައުދީ ފަންޑުން ހެދި އެއާރްޕޯޓްވެސް ނަޝިދު އައިސް ނުލަފާކަން ދައްކަން ދިވެހިންނަށް ޖެއްސުން ކުރަންވެގެން އިންގިރޭސި ޔަހޫދީން ނަށްކުއްޔަދިނީ، ކޮއްފަ ނުކުރާނެކަން ދިވެހިންނަށް ދައްކަން!
ޝިނާޒް، މިލިޔުމުގެ އެއްވެސް ތަނެއްގައި ރައީސް ނަޝީދުގެ ޑިމޮކުރެސީގެ ވާހަކަައެއް ނެތް… އަދި ބުދެއްގެ ވާހަކައެއްވެސް ވެރިކަމުގެ ވާހަކައެއްވެސް ނެތް…. ދީނީ ޢިލްމުވެރިން ކުރައްވާ ބުރަމަސައްކަތުގެ ނަތީޖާ މިލިޔުމުގައިވާ ތަސްވީރަށް ބަލާލުމުން އެނގޭނެ… ހަޖަމް ކުރުމުގެ މައްސަލަ އުޅެންޏާ ޖުއްލާބުކައިގެންނަމަވެސް ެއެކަން ހައްލުކުރެވޭަތޯލާ!!!
ދިއިސްލާމް ޓީމްއަށް ބުނެލަން ބެނުންވަނީ ތިކުރާމަސައްކަތައް ހަމަސާބަހޭ….