ދަރުސް ޚަބަރު ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ދަރުސެއް ބާއްވަނީ

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ދަރުސެއް ބާއްވަނީ

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ދަރުސެއް ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ޖަލްސާއެއް އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދުރުސަކާއެކު ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސްކޫލް ހޯލުގައި ބާއްވާ މިޖަލްސާގައި އަންހެން ބޭފުޅުންނަށް ދީނީ ގޮތުން ބޭނުންވާ މަޢުޟޫމާތުތައް ފޯރުކޮށްދިނުމަށާއި، ދީނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަންހެން ބޭފުޅުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ޝެޝަނެއް އޮންނާނެކަމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން ހާމަކުރައްވައެވެ.

ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައި ތާޖުއްދީން ސުކޫލު ހޯލުގައި ބާއްވާ މިދަރުސަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ވަޑައިގެންދެއްވުމަށް ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުން އެދިލައްވައެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.